ކ. މާލެ
|
2 ނޮވެންބަރ 2022 | ބުދަ 18:19
މިފްކޯ
މިފްކޯ
މިފްކޯ
މިފްކޯގެ އަހަރީ ދުވަސް
މިފްކޯއަށް ދިގު މުއްދަތަކަށް ޚިދުމަތް ކޮށްދީފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށްފި
15 އަހަރާއި 10 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްދީފައިވާ މުވައްޒަފުންނަށް އެވޯޑު ދިން

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އަށް ގިނަ ދުވަހު ޚިދުމަތް ކޮށްދީފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށްފިއެވެ.

މިފްކޯއިން މުވައްޒަފުންގެ އަގުވަޒަންކޮށް، އެވޯޑު ދީފައިވަނީ އެ ކުންފުނީގެ 29 ވަނަ އަހަރީ ދުވަހާ ގުޅިގެން އަންގާރަ ދުވަހުގެ ރޭ ބޭއްވި ހަފްލާގައެވެ. މި ހަފްލާގައި ދެ ކެޓަގަރީއަކުން 38 މުވައްޒަފަކަށް ވަނީ އެވޯޑު ދީފައެވެ.

އެ ކުންފުނިން އެވޯޑު ދީފައިވަނީ 15 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްދީފައިވާ 24 މުވައްޒަފުންނާއި 10 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްދީފައިވާ 14 މުވައްޒަފުންނަށެވެ. 10 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރި މުވައްޒަފުންގެ ތެރޭގައި ބިދޭސީ މުވައްޒަފުންވެސް ހިމެނެއެވެ.

މިފްކޯއިން ބުނީ އެ ކުންފުންޏަށް އެންމެ ގިނަ ދުވަހު ޚިދުމަތް ކުރި މުވައްޒަފުންގެ ތެރޭގައި މިހާރުގެ ސީއީއޯ އިސްމާއިލް ފައުޒީ ހިމެނޭ ކަމަށާއި އޭނާ އެ ކުންފުނީގައި 22 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި ކަމަށެވެ. އަދި އެންމެ ގިނަ ދުވަހު ޚިދުމަތްކޮށްދީފައިވަނީ ޗީފް އިންޖިނިއަރ އަލީ އިބްރާހިމް ކަމަށާއި އޭނާ ކުންފުންޏަށް 37 އަހަރު ޚިދުމަތް ކުރި ކަމަށް ވެސް އެ ކުންފުނިން މައުލޫމާތު ދީފައި ވެއެވެ.

މިފްކޯއަށް 29 އަހަރުވެފައިވާއިރު އެ ކުންފުންޏަށް 30 އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ޚިދުމަތް ކޮށްދީފައިވާ މުވައްޒަފުންވެސް އެބަތިއްބެވެ. އޭގެ ތެރޭގައި ކުންފުނީގައި އުޅޭތާ 34 އަހަރު ވެފައިވާ ޖެނެރަލް މެނޭޖަރު ޒާހިރު އަލީ އާއި ޑެޕިއުޓީ ހެޑް ކޭޝިއަރ އަހުމަދު ޝާތިރު އާއި ސީނިއާ ކާޕެންޓަރ އަބްދުﷲ ތައުފީގު ހިމެނެއެވެ. އަދި އެ ކުންފުނީގެ ސީނިއަރ ވެލްޑަރ ގެ މަާގާމު އަދާ ކުރާ ސައީދު ބަޝީރު ވަނީ އެ ކުންފުންޏަށް 30 އަހަރު ޚިދުމަތް ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް