ކ. މާލެ
|
28 އޮކްޓޯބަރ 2022 | ހުކުރު 17:56
ހުޅުމާލެ ފިޔަވަތި
ހުޅުމާލެ ފިޔަވަތި
ގޫގުލް
މިފްކޯ އަހަރީ ދުވަސް
ފިޔަވައްޗަށް ގިނަ އަދަދެއްގެ ފޮތާއި ކިޔެވުމަށް ބޭނުންވާ ތަކެތި މިފްކޯއިން ހަދިޔާކޮށްފި
މިފްކޯގެ އަހަރީ ދުވަހާ ގުޅިިގެން އެކުންފުނިން ވަނީ ފިޔަވައްޗަށް ޒިޔާރަތްކޮށްފައި
ފިޔަވަތީގައި ކުޅިވަރު ހަރަކާތްތައް ބާއްވާފައިވޭ

މިފްކޯގެ 29 ވަނަ އަހަރީ ދުވަހާ ގުޅިގެން ހުޅުމާލޭގައި ހުންނަ ކުދަކުދިން ބަލަހައްޓާ ތަން، ފިޔަވައްޗަށް ގިނަ އަދަދެއްގެ ފޮތާއި ކިޔެވުމަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފިއެވެ.

މިފްކޯގެ ފަރާތުން އޮކްޓޯބަރު 27 ވީ ބުރާސްފަތި ދުވަހު ވަނީފިޔަވައްޗަށް ޒިޔާރަތްކޮށްފައެވެ. މި ޒިޔާރަތުގައި މިފްކޯގެ އިސްވެރިންނާއި، މުވައްޒަފުން ބައިވެރިވެފައިވެއެވެ.

މިފްކޯއިން ވަނީ ފިޔަވަތިން އިންތިޒާމުކުރި ކުޑަކުދިންގެ ކުޅިވަރު ދުވަހުގައި ބައިވެރިވެފައެވެ. މި ހަރަކާތުގައި އެމަރުކަޒުގައި ދިރިއުޅޭ އެކި އުމުރުފުރާގެ ކުދިން ބައިވެރިވާގޮތަށް އެކި ކުޅިވަރު ހަރަކާތްތައް ކުރިއަށްގެންގޮސްފައިވެއެވެ. ދުވުމުގެ ރޭހާއި، ސްޕޮންޖު ޕާސްކުރުންފަދަ މަޖާ ކުޅިވަރުތައް ކުރިއަށްގެންގޮސްފައިވެއެވެ. އަދި ފިޔަވަތީގެ މުވައްޒަފުންނާއި މިފްކޯގެ މުވައްޒަފުން ބައިވެރިވާގޮތަށް ތްރީ-ލެގްޑް ރޭހެއްވެސް ވަނީ ބާއްވާފައެވެ.

މި ޒިޔާރަތުގައި ފިޔަވައްޗާއި ގުޅިގެން ކުރިއަށް އޮތް ތަނުގައި ވެވެން އޮތް އެހީއާއި އެއްބާރުލުމާ ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

މިފްކޯއިން ވަނީ އެކުންފުނީގެ އަހަރީ ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކުރަން ނިންމާފައެވެ. މިގޮތުން ކުންފުނީގެ ހުރިހާ މުވައްޒަފުން ބައިވެރިވާހެން ވޮލީ، ބަށި އަދި ފުޓްސަލް މުބާރާތްތައް ކުރިއަށް އެބަގެންދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް