Advertisement
ކ. މާލެ
|
23 އޮކްޓޯބަރ 2022 | އާދީއްތަ 23:00
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު
ރައީސް އޮފީސް
ޒުވާނުންގެ ދުވަހުގެ ޖަލްސާ
ރަށްރަށުގައި ވަޒީފާގެ ފުރުސަތުތައް މަދުވަނީ ހަގީގީ ތަރައްގީ ނެތުމުން: ރައީސުލްޖުމްހޫރިއްޔާ
ޒުވާނުން ތައްޔާރުވެފައިތިބީ ހަމައެކަނި އޮފީސް މޭޒުދޮށުގައި ތިބެގެން އަދާކުރާ ވަޒީފާތަކަށް
ތަރައްގީ އަންނަވަރަކަށް ވަޒީފާގެ ފުރުސަތުތައް އުފެދޭނެ
އާރްޓީއެލްއާއެކު ހާހެއްހާ ވަޒީފާ އުފެދޭނެ

ރަށްރަށުގައި ވަޒީފާގެ ފުރުސަތުތައް މަދުވާ އެއް ސަބަބަކީ އެ ރަށްރަށަށް ބޭނުންވާ ހަގީގީ ތަރައްގީ ގެނެވިފައި ނެތުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ގައުމީ ޒުވާނުންގެ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

Advertisement

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީން ހަދާފައިވާ ދިރާސާއަކަށް ރިއާޔަތްކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ދިރާސާގައި ފާހަގަކޮށްފައިވާ އެއް ކަމަކީ ރަށްރަށުގައި ވަޒީފާގެ ފުރުސަތުތައް މަދުކަން ކަމަށެވެ. އަދި އަނެއް ކަމަކީ މުޅި ދައުލަތުގެ ނިޒާމުތައް ހަަމަޖެހިފައިވާގޮތުން ހަމައެކަނި އޮފީސް މޭޒުދޮށުގައި ތިބެގެން އަދާކުރާ ވަޒީފާތަކަށް ޒުވާނުން ތައްޔާރުވެފައި ތިބުންކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ރަށްރަށުގައި ވަޒީފާގެ ފުރުސަތުތައް މަދުވާ އެތައް ސަބަބުތަކެއް އެބަހުރި ކަމަށެވެ. އެއް ސަބަބަކީ ރަށްރަށަށް ބޭނުންވާ ހަގީގީ ތަރައްގީއާއި، އެންމެ ޒަރޫރީ ޚިދުމަތްތައްވެސް ރަށްރަށުގައި ގާއިމުވެފައި ނެތުންކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދަތުރުފަތުރުގެ އިތުބާރު ހުރި ނިޒާމެއް ގާއިމުވެފައި ނެތުމަކީވެސް މީގެ އެއް ސަބަބުކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ވިދާޅުވީ މިހާރު ތަރައްގީކުރަމުން އަންނަ އާރްޓީއެލް ފެރީގެ ނިޒާމާއި، ބަހުގެ ނިޒާމުންވެސް ރަށްރަށުގައި އެތައް ބައިވަރު ވަޒީފާއެއް އުފެދިގެންދާނެ ކަމަށެވެ. މިހާތަނަށް އާރްޓީއެލް ފެރީގެ ނިޒާމާއި، ބަހުގެ ނިޒާމު ބައެއް ސަރަހައްދުތަކުގައި ފެށިފައިވާއިރު މި ޚިދުމަތުންވެސް 300ށްވުރެ ގިނަ ވަޒީފާ މިހާތަނަށް އުފެއްދެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ކުރިއަށްއޮތްތަނުގައި އިހަވަންދިއްޕޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް އާރްޓީއެލް ފެރީއާއި ބަހުގެ ނިޒާމު ފުޅާވެގެންދާއިރު ގާތްގަނޑަކަށް 1،000ށްވުރެ ގިނަ ވަޒީފާ އުފެދިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި ނޫނަސް ތަރައްގީގެ ތަފާތު މަޝްރޫއުތައް ނިމެމުންދާވަރަކަށް ވަޒީފާގެ ފުރުސަތުތައް ރަށްރަށުގައި އުފެދިގެންދާނެކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް