Advertisement
ކ. މާލެ
|
22 އޮކްޓޯބަރ 2022 | ހޮނިހިރު 12:14
ނާއިބުރައީސް ފައިސަލް ނަސީމް
ނާއިބުރައީސް ފައިސަލް ނަސީމް
ރައީސް އޮފީސް
"ދަ ލީޑަރ އިން މީ" ޕްރޮގްރާމް
ކޮންމެ ދަރިވަރަކުވެސް މަސައްކަތްކުރަންވީ މާދަމާގެ ލީޑަރަކަށް ވާން: ނާއިބުރައީސް
އެއްވެސް ކުއްޖަކީ މުހިންމުކަން ކުޑަ ކުއްޖެއް ނޫން
ކޮންމެ ދުވަހަކުވެސް ހެޔޮ ބަދަލެއް ގެންނަން މަސައްކަތްކުރަންޖެހޭ
ނަމޫނާއެއްގެ ގޮތުގައި ބަލަންވީ ގައުމަށް ދިގު މުއްދަތަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅުން

މިއަދު ދަރިވަރުން މަސައްކަތްކުރަންވީ މާދަމާގެ ލީޑަރަކަށްވުމަށް ކަމަށް ނާއިބުރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނާއިބުރައީސް މިފަދައިން ވިދާޅުވީ ވެލިއު އެޑިޔުކޭޝަން ޕްރޮގްރާމް "ދަ ލީޑަރ އިން މީ" އިފުތިތާހުކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

Advertisement

ނާއިބުރައީސް ވިދާޅުވީ ސްކޫލުތެރެއިން ދަސްވާ ކަންކަމުގެ އިތުރަށް ބޭރުތެރެއިން ދަސްވާ ކަންކަމުގެ މުހިންމުކަން ވަރަށް ބޮޑު ކަމަށެވެ. މިގޮތަށް ދަސްވާ ކަންކަމާއި، ބޭރުތެރެއާއި ސްކޫލްތެރޭގައި އުޅޭ އުޅުމުގެ ތެރެއިން ކޮންމެ ދުވަހަކުވެސް ހެޔޮ ބަދަލެއް ގެނައުމަށް މަސައްކަތްކުރަންޖެހޭ ކަމަށް ނާއިބުރައީސް ވިދާޅުވިއެވެ. އަދި މިއަދު ސްކޫލްތަކުގެ ހުރިހާ ދަރިވަރުންވެސް ގަދައަޅާ މަސައްކަތްކުރަންވީ މާދަމާގެ ލީޑަރަކަށްވުމަށް ކަމަށް ނާއިބުރައީސް ވިދާޅުވިއެވެ.

"ދަ ލީޑަރ އިން މީ" އިފްތިތާހުކުރުމުގެ ރަސްމިއްޔާތު - ރައީސް އޮފީސް

ނާއިބުރައީސް ވިދާޅުވީ ގައުމުގެ ކުރިމަގަށް ޒުވާނުންގެ ހިއްސާ ބޮޑުކަން މިއަދު ސާފުކޮށް ފެންނަމުންދާކަމަށެވެ. ކޮންމެ ދަރިވަރަކުންވެސް ތައްޔާރުވާންވީ ގައުމުދެކެ ލޯބިވާ، ގައުމަށް ޚިދުމަތް ކޮށްދެެވޭ އަދި ގައުމުދެކެ ފަޚުރުވެރިވާ ދަރިއަކަށް ވުމަށްޓަކާ ކަމަށާއި އެއްވެސް ކުއްޖަކީ މުހިންމުކަން ކުޑަ ކުއްޖެއް ނޫން ކަމަށް ނާއިބުރައީސް ވިދާޅުވިއެވެ.

ނާއިބުރައީސް ވިދާޅުވީ ކޮންމެ ކުއްޖަކުވެސް ނަމޫނާއެއްގެ ގޮތުގައި ބަލައިގަންނަންވީ ގައުމަށް ދިގު މުއްދަތަށް ޚިދުމަތްކުރައްވާފައިވާ އަދި މިހާރުވެސް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވަމުންގެންދަވާ ބޭފުޅުން ކަމަށެވެ. އެކުވެރިންގެ ފަރާތުންވެސް ރަނގަޅު ސިފަތައް ލިބިގަނެ، ރަނގަޅު ކަންކަން ކުރުމަށް ފުރުސަތު ހޯދުމަށް ނާއިބުރައީސް ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް