ކ. މާލެ
|
15 އޮކްޓޯބަރ 2022 | ހޮނިހިރު 13:02
ކޮހިނޫރު ޖަވާހިރު ހަރުކޮށްފައިވާ ތާޖު
ކޮހިނޫރު ޖަވާހިރު ހަރުކޮށްފައިވާ ތާޖު
ރޮއިޓާރސް
ކޮހިނޫރު
ކޮހިނޫރު އަނބުރާ ހޯދޭނެ ގޮތްތައް ބަލަމުންދާނެ: އިންޑިއާ
އިންޑިއާ ރައްޔިތުން ބޭނުންވަނީ ކޮހިނޫރު އަނބުރާ ހޯދަން

ދުނިޔޭގެ އެންމެ ބޮޑު އެއް ޖަވާހިރު ކަމަށްވާ، ކޮހިނޫރު އަނބުރާ ހޯދޭނެ ގޮތްތައް ބަލަމުންގެންދާނެ ކަމަށް އިންޑިއާ ސަރުކާރުން ބުނެފިއެވެ.

ކޮހިނޫރަކީ އިންޑިއާއިން ހޯދިން 108 ކެރެޓުގެ ޖަވާހިރެކެވެ. ނަމަވެސް އެ ގައުމުގެ ރަސްކަން ކުރެއްވި މަހާރާޖް ދުލީޕް ސިންގ ވަނީ، 1849 ވަނަ އަހަރު އިނގިރޭސިވިލާތުގެ އޭރުގެ ރާނީ ވިކްޓޯރިއާއަށް އެ ޖަވާހިރު ހަދިޔާއެއްގޮތުގައި ދެއްވާފައެވެ.

އެ ޖަވާހިރު ހަރުކޮށްފައިވަނީ ޝާހީ ތާޖުގައެވެ.

ކޮހިނޫރަކީ އިންޑިއާގެ މިލްކެއް ކަމަށް ބުނެ އެ ގައުމުން އެ ޖަވާހިރު ހޯދުމަށް މަސައްކަތް ކުރާތާ އެތަކެއް އަހަރުތަކެއް ވެއްޖެއެވެ. ނަމަވެސް މިހާތަނަށް އެކަން ކާމިޔާބުވެފައި ނުވާއިރު އަނެއްކާވެސް ކޮހިނޫރު ހޯދުމުގެ ވާހަކަތައް ދެކެވެމުންދަނީ އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދެވަނަ އަވަހާރަވުމުންނެވެ.

އެކަމަނާ އަވަހާރަވުމާއެކު ޓްވިޓަރގައި އިންޑިއާގެ ރައްޔިތުން ދަނީ، ކޮހިނޫރު އަނބުރާ ގެނައުމަށް ބުނަމުންނެވެ. މިކަމާ ގުޅިގެން އެ ގައުމުގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީގެ ތަރުޖަމާނު އަނިދަމް ބަގްޗީ ވިދާޅުވީ، އެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަތާ ވަރަށް ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. އަދި އިނގިރޭސިވިލާތުގެ ސަރުކާރާ ގުޅިގެން އެ ޖަވާހިރު އަނބުރާ އިންޑިއާއަށް ގެނައުމަށް ކުރެވިދާނެ ކަންކަން ބަލަމުންގެންދާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް
16 އޮކްޓޯބަރ 2022 | އާދީއްތަ 07:55
ސަމީރު
އިންޑިައާ އުފެދުނީ 1945 ގަ އެވެ. އޭގެކުރިން އިންޑިއާ ކިޔާގައުމެއް ނެތެވެ. އެހެންވީމަ ޖަވާހިރު އިންޑިއާމީހުންގެ އެއްޗެއްނޫނެވެ.
15 އޮކްޓޯބަރ 2022 | ހޮނިހިރު 15:26
މުރޭ
ދީފަ އަތުލާ ފީފާބުރި