Advertisement
ކ. މާލެ
|
22 ޖޫން 2017 | ބުރާސްފަތި 00:17
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން
ރާއްޖެއެމްވީ
ފާރިސް މައުމޫން
ފާރިސްގެ މައްޗަށް ޝަޚްޞު އޮޅުވާލުމުގެ ދައުވާ އުފުލައިފި
ފާރިސްގެ މައްޗަށް އުފުލާފައި ވަނީ ޝަޚްޞު އޮޅުވާލުމުގެ ދައުވާ

އިދިކޮޅު ސިޔާސީ ހަރަކާތުގައި އިސް ދައުރެއް އަދާކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު، އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލްޤައްޔޫމްގެ ދަރިކަލުން، އަޙުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުވާ އުފުލާއިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ޕީޕީއެމްގެ ދިދަ ބޭނުންކުރި މައްސަލާގައި ޝަޚްޞު އޮޅުވާލުމުގެ ދައުވާ ފާރިސްގެ މައްޗަށް އުފުލައި މައްސަލަ މިހާރު ވަނީ ކްރިމިނަލް ކޯޓަށް ފޮނުވާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީޖީ އޮފީހުން މި މައްސަލަ ކްރިމިނަލް ކޯޓަށް ހުށައައެޅީ ބުދަ ދުވަހުއެވެ.

މި މައްސަލައާއި ގުޅިގެން ޕީޖީ އޮފީސް އަދި ކްރިމިނަލް ކޯޓުގެ ރަސްމީ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

މި މައްސަލައާއި ގުޅިގެން ޖޫން މަހުގެ އެއްވަނަ ދުވަހު ފާރިސް ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ބަޔާން ނަގާފައެވެ.

މި މައްސަލައާއި ގުޅިގެން ފާރިސް ވިދާޅުވެފައިވަނީ، ޕީޕީއެމްގެ ދިދަ އާއި ލޯގޯ އެއްވެސް އިރެއްގައި އެޕާޓީގެ އަސާސީ ގަވައިދާ ޚިލާފަށް ބޭނުންކުރައްވާފައި ނުވާނެ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރުޝްދާ ރަޝީދު
- ކޮމެންޓް