ކ. މާލެ
|
14 އޮކްޓޯބަރ 2022 | ހުކުރު 13:17
ހުކުރު ޚުތުބާ
ހުކުރު ޚުތުބާ
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް
ހުކުރު ޚުތުބާ
ރަހުމަތްތެރިންގެ ދައުރު ބޮޑު، ހެޔޮލަފާ ރަހުމަތްތެރިން ޚިޔާރުކުރޭ: ޚުތުބާ
ރަހުމްތެރިން އެނގޭނީ މުސީބާތުގެ ވަގުތުގައި
ރަހުމަތްތެރިން އިޚުތިޔާރުކުރުމަށް ދީނުގައި މަތިވެރި އިރުޝާދުތަކެއް ދީފައިވޭ
ރަހުމަތްތެރިކަމުގެ ގުޅުން ބާއްވަންޖެހެނީ ﷲއަށް ޓަކައި

ރަހުމަތްތެރިންނަކީ މީހެއްގެ ހަޔާތުގައި ވަރަށް ބޮޑު އަދި މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށާއި، ހެޔޮލަފާ ރަހުމަތްތެރިން އިޚުތިޔާރުކުރުމަށް ހުކުރު ޚުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ.

ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ "ހެޔޮލަފާ ރަހުމަތްތެރިން އިޚުތިޔާރުކުރުން" މި މައުޟޫއަށެވެ.

ޚުތުބާގައި ވަނީ ހަރުބަހެއްގެ ގޮތުގައި ބުނާ، ރަހުމަތްތެރިން އެނގޭނީ މުސީބާތުގެ ވަގުތުގައޭ ބުނާ ބުނުމުގެ މައްޗަށް އަލިއަޅުވާލާފައެވެ. މުސީބާތެއް ނުވަތަ ކާރިސާއެއް ކުރިމަތިވާ ވަގުތު ގާތުގައި އުޅޭ ރަހުމަތްތެރިންނަކީ ކޮން ކަހަލަ ބައެއްކަން އެނގޭނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ރަހުމަތްތެރިން އިޚުތިޔާރުކުރުމުގައި އިސްލާމްދީން ވަނީ މަތިވެރި އިރުޝާދުތަކެއް ދެއްވާފައެވެ. މި ގުޅުން އުފެދި އާާވެފައިވަނީ މަތިވެރި މަގުސަދެއްގައި، އިޚުލާސްތެރިކަމާއެކު ކަމުގައިވާނަމަ އެއީ މާތްﷲ ބަރަކާތް ލައްވާނެ ގުޅުމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެއީ ނުބައި މަގުސަދެއްގައި އުފެދިފައިވާ ގުޅުމަކަށް ވާނަމަ އޭގެ ނުބައިކަން މާތްﷲ އެފަރާތަކަށް ރައްދު ކުރައްވާނެއެވެ.

މާތް ﷲ މަހީކުރައްވާފައިވެއެވެ. "އެކުވެރިން އެދުވަހުން އެއްބަޔަކު އަނެއްބަޔަކަށް ވާހުށީ، ދުޝްމަނުން ކަމުގައެވެ. ތަގުވާވެރިން މެނުވީއެވެ.
ހުކުރު ޚުތުބާ

ތެދުވެރި، ރަނގަޅު ރަހުމަތްތެރިކަމަށް އިސްލާމްދީން ބާރުއަޅާކަން ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ. އަދި މާތްﷲ އަށް ޓަކައި މިފަދަ ގުޅުންތައް ދެމެހެއްޓުމަށް އިސްލާމްދީން ބާރުއަޅާ ކަމަށާއި، މިއީ މާތްﷲ ގެ ހިޔާވަހިކަން ނޫން ހިޔާވަހިކަމެއް ނުވާ ދުވަހުގައި، އެކަލާނގެ އަރުޝީގެ ހިޔާވަހިކަން ދެއްވާ މީހުންގެ ތެރޭގައި ހިމެނޭނެ ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީހަކު ދެކެ ލޯބިވާނަމަ ﷲގެ ވަޖުހުފުޅަށްޓަކައި ލޯބިވުމަށް ޚުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ. ރަހުމަތްތެރިންނަކީ ވާޖިބުތައް އަދާކުރުމުގައާއި، ހައްގުތަކަށް ރައްކާތެރިވުމުގައި އެހީވެދޭ ބައެއްނަމަ އެއީ ހެޔޮ ރަނގަޅު ރަހުމަތްތެރިންކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެމީހުންގެ ގުޅުން ދަމަހައްޓަންޖެހޭ ކަމަށާއި، މިއާ ޚިލާފަށް ނުބައި ރަހުމަތްތެރިންނަކީ އަނެކާގެ ހަލާކުކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެއީ މީހާ ނަރަކައަށް ހުށަހެޅިދާނެ ކަމެއް ކަމަށާއި، ރަހުމަތްތެރިން ޚިޔާރުކުރުމުގައި މިފަދަ ކަންކަމަށް ސަމާލުވުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް