ހއ އިހަވަންދޫގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އެރަށުން ބައެއް މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން އިހަވަންދޫގައި އޮޕަރޭޝަން ފަށާފައިވަނީ އެރަށު އައިސް ޕްލާންޓް ތެރޭގައި މީހަކު މަރާލާފައި އޮއްވައި ފެނިފައިވާ ދަނޑިވަޅެއްގައެވެ. އެ މައްސަލާގައި މިހާތަނަށް ހަތަރު މީހަކުވަނީ ހައްޔަރުކޮށްފައެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބުދަ ދުވަހުގެރޭ އިހަވަންދޫގައި ފުލުހުން ހިންގާ އޮޕަރޭޝަނުގައި ކޯޓް އަމުރެއްގެ ދަށުން ގެއެއް ފާސްކޮށް އެގެންއިންވަނީ ހަތަރު ދިވެއްސަކު ހައްޔަރު ކޮށްފައެވެ. އެ ހަތަރު މީހުންގެ ތެރޭގައި އަންހެނަކުވެސް ހިމެނެއެވެ.
ނަމަވެސް މި އޮޕަރޭޝަނާއި އެރަށު އައިސް ޕްލާންޓްގައި މަރާލާފައި އޮއްވައި ފެނުނު. ޅ ހިންނަވަރު އިސްމާއީލް އުމަރުގެ މަރާއި ގުޅުން ހުރިކަމެއް ސާފެއް ނުވެއެވެ. މި އޮޕަރޭޝަނާއި ގުޅޭގޮތުން ފުލުހުންގެ މީޑިއާއިން އަދި މައުލޫމާތެއް ހާމައެއް ނުކުރެއެވެ.