ކ. މާލެ
|
27 ސެޕްޓެންބަރ 2022 | އަންގާރަ 18:29
ޖަޕާންގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ޖަނާޒާގެ ތެރެއިން
ޖަޕާންގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ޖަނާޒާގެ ތެރެއިން
ރޮއިޓާސް
ޖަޕާންގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ
ޖަޕާންގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ޖަނާޒާ ބާއްވައިފި
މިއީ ސަރުކާރުން ފާއިތުވި 55 އަހަރުގެ ތެރޭގައި އެގައުމުގެ ބޮޑުވަޒީރަކަށް ރަސްމީ ޖަނާޒާއެއް ބޭއްވި ފުރަތަމަ ފަހަރު
އަބޭގެ ޖަނާޒާ ފަށާފައި ވަނީ ޖަޕާން ގަޑިން މެންދުރު 02:00ގައި
ޝިންޒޯ އަބޭގެ ޖަނާޒާ ކުރިއަށްގެންގޮސްފައި ވަނީ އަންގާރަ ދުވަހު

އަވަހާރަކޮށްލެވުނު ޖަޕާންގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ޖަނާޒާ ޖަޕާނުން ބާއްވައިފިއެވެ.

ޝިންޒޯ އަބޭގެ ޖަނާޒާ ކުރިއަށްގެންގޮސްފައި ވަނީ އަންގާރަ ދުވަހުއެވެ. މިއީ ސަރުކާރުން ފާއިތުވި 55 އަހަރުގެ ތެރޭގައި އެގައުމުގެ ބޮޑުވަޒީރަކަށް ރަސްމީ ޖަނާޒާއެއް ބޭއްވި ފުރަތަމަ ފަހަރެވެ.

އަބޭގެ ޖަނާޒާ ފަށާފައި ވަނީ ޖަޕާން ގަޑިން މެންދުރު 02:00ގައެވެ. އެމަނިކުފާނުގެ ހުވަފަތްވެފައިވާ އަނބިކަނބަލުން އަކިއެ ވަނީ އަބޭގެ އަޅިތައް ޓޯކިޔޯގެ ނިއްޕޮން ބުޑޮކަން ހޯލް އަށް ގެންދަވާފައެވެ. އެތާގައި ޖަޕާން އަސްކަރިއްޔާގެ ބޭންޑުން މިއުޒިކް ކުޅެފައިވާއިރު، އަބޭއަށް ވަނީ 19 ބަޑީގެ ސެލިއުޓެއް ދެއްވާފައެވެ.

ޝިންޒޯ އަބޭ އަވަހާރަކޮށްލާފައި ވަނީ ޖަޕާންގެ ދެކުނުގެ ސިޓީ އެއްކަމަށްވާ ނާރާގައި ބޭއްވުނު ކެމްޕެއިން ހަރަކާތަކަށް ވަޑައިގެން ހުންނަވަނިކޮށް ޖުލައި 8 ވަނަ ދުވަހުއެވެ.

ހާދިސާ ތަހުގީގުކުރަމުންދާ ފުލުހުން ބުނެފައިވާގޮތުގައި އަބޭއަށް ހަމަލާ ދިން އުމުރުން 41 އަހަރުގެ ޓެސޫޔާ ޔަމަގަމި، އަބޭއަވަހާރަކޮށްލީ އަބޭ އާމެދު އޮތް ހިތްހަމަ ނުޖެހުމެއްގެ ސަބަބުންކަމަށް ވަނީ ބުނެފައެވެ. އަދި ބަޑިޖެހުމަށްފަހު އޭނާ ފިލަން މަސައްކަތްކޮށްފައި ނުވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ހަމަލާދިނުމަށް ޔަމަގަމި ބޭނުންކޮށްފައިވަނީ އޭނާ އަމިއްލަޔަށް ހަދާފައިވާ ބަޑިއެއް ކަމަށް ވެއެވެ. ތަހްގީގުގެތެރޭން އޭނާ ދިރިއުޅޭ އެޕާޓްމަންޓް ބަލާފާސް ކުރި އިރު ގޮވާތަކެތިވެސް ފެނިފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

އަންގާރަ ދުވަހު ބޭއްވުނު އަބޭގެ ޖަނާގައި ދުނިޔޭގެ ގައުމުތަކުގެ ލީޑަރުންނާއި އިސްފަރާތްތަކުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން 217 ގައުމަކުން 700 މެހްމާނުން ޖަނާޒާގައި ބައިވެރިވެފައިވާކަމަށް ރިޕޯޓުތައްބުނެއެވެ. އަދި ޖަޕާންގެ އެތައް ހާސް ރައްޔިތުންނެއްވެސް ވަނީ އެމަނިކުފާނަށް އެންމެ ފަހުގެ އިހުތިރާމު އަދާކުރުމުގައި ބައިވެރިވެފައެވެ.

އަނެއްކޮޅުން އަބޭގެ ޖަނާޒާ އެހާ ޚަރަދު ބޮޑުކޮށް ބޭއްވުމާދެކޮޅު ހަދާ މިއަދު ޖަޕާނުގައި ބަޔަކު މުޒާހަރާވެސް ކޮށްފައި ވެއެވެ.

- ކޮމެންޓް