ކ. މާލެ
|
22 ސެޕްޓެންބަރ 2022 | ބުރާސްފަތި 23:58
ގަން އިންޓަރނޭޝަނަލް އެއަރޕޯޓު
ގަން އިންޓަރނޭޝަނަލް އެއަރޕޯޓު
އަމްނާ އިމާދު
ބޮމެއް އޮތްކަމަށް ބުނުން
ބޮމެއް އޮތްކަމަށް ބުނި ދެ މީހުން އައްޑޫ އިން ހައްޔަރުކޮށްފި
މިމައްސަލައާ ގުޅިގެން 58 އަހަރުގެ ދިވެހި އަންހެނަކާއި 61 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައި
އެމީހުން ގެންގުޅުނު ތަކެތި ބަލާ ފާސްކުރިއިރު އެފަދަ އެއްޗެއް ފެނިފަ އެއްނުވޭ

އައްޑޫ ގަން އިންޓަރނޭޝަނަލް އެއާޕޯޓަށް ފުރަން ގޮސް ހުރި މީހަކު ބޮމެއް އޮތްކަމަށް ބުނި މައްސަލައެއްގައި ދެ މީހުން ހައްޔަރުކޮށްފިއެވެ.

އެކަމާއި ގުޅިގެން ފުލުހުން ބުނީ ގަން އިންޓަރނޭޝަނަލް އެއާޕޯޓަށް ފުރަން ގޮސް ހުރި މީހަކު ބޮމެއް އޮތް ކަމަށް ބުނި މައްސަލައެއް ބުރާސްފަތި ދުވަހުގެ 5:25 އެހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ. މިމައުލޫމާތު ފުލުހުންނަށް ލިބުމުން އެކަން ވަނީ އެމްއެންޑީއެފްއާއި ހިއްސާކޮށްފައިކަމަށް ފުލުހުން ބުނެއެވެ. އެމްއެންޑީއެފުން އެމީހުން ގެންގުޅުނު ތަކެތި ބަލާ ފާސްކުރިއިރު އެފަދަ އެއްޗެއް ފެނިފައިނުވާކަމަށް ފުލުހުން ބުނެއެވެ.

މިމައްސަލައާއި ގުޅިގެން 58 އަހަރުގެ ދިވެހި އަންހެނަކާއި 61 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

މިމައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

މިފަދަ މައްސަލަތައް މަދުންނަމަވެސް އަންނަނީ ފެންމަތިވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް