Advertisement
ކ. މާލެ
|
22 ސެޕްޓެންބަރ 2022 | ބުރާސްފަތި 13:14
އަލަމްގީރު އާއިއެކު ބަދު އަހުލާގީ އަމަލު ހިންގި މައްސަލައިގައި ދައުވާ އުފުލި ފުލުސް އޮފިސަރު
އަލަމްގީރު އާއިއެކު ބަދު އަހުލާގީ އަމަލު ހިންގި މައްސަލައިގައި ދައުވާ އުފުލި ފުލުސް އޮފިސަރު
ރާއްޖެއެމްވީ
ބަދުއަޚުލާޤީ އަމަލު ހިންގުން
އަލަމްގީރް މައްސަލަ: ފުލުސް އޮފިސަރު އެއް އަހަރަށް ޖަލަށް
އޭނާ ތަންފީޒުކުރަންޖެހޭ މުއްދަތަކީ، 01 އަހަރާއި 01 މަހާއި 28 ދުވަސް
އަލަމްގީރް ހިމެނޭހެން 4 މީހެއްގެ މައްޗަށް މިހާތަނަށް ދައުވާ އުފުލާފައިވޭ

ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އެމްޑީ އަލަމްގީރު އާއިއެކު ބަދު އަހުލާގީ އަމަލު ހިންގި މައްސަލައިގައި ދައުވާ އުފުލި ފުލުސް އޮފިސަރަށް ޙުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ޢަބްދުއްރަޙްމާނު ރަފީޢު، ޖަވާހިރުވާދީ / މ.ރަތްމަންދޫގެ މައްޗަށް އުފުލާފައިވަނީ އެއްޖިންސުން ޖިންސީގުޅުން ހިންގުމުގެ ކުށުގެ ދަޢުވާއެވެ. އޭނާގެ މައްޗަށް ދައުވާކުރީ ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 411 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުންނެވެ.

މި ކުށުގެ އުޤޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 411 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި، އެ ޤާނޫނުގެ 1106 ވަނަ މާއްދާގެ (ށ) އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/02 ”ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލު“ ގެ 6 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1002 ވަނަ މާއްދާގެ (ހ) ގެ ދަށުން އޭނާ 01 (އެކެއް) އަހަރާއި 02 (ދޭއް) މަހާއި 12 (ބާރަ) ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ވަނީ ޙުކުމް ކޮށްފައެވެ.

އަދި ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 186 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޢަބްދުއްރަޙްމާނު ރަފީޢު ތަންފީޒުކުރަންޖެހޭ މުއްދަތަކީ، 01 (އެކެއް) އަހަރާއި 01 (އެކެއް) މަހާއި 28 (އަށާވީސް) ދުވަހުގެ މުއްދަތުގެ ޖަލު އަދަބުކަމުގައި ކަނޑައަޅައި މި މައްސަލައިގައި ވަނީ ޙުކުމްކުރެވިފައެވެ.

އޭނާ ކުށަށް އިޢުތިރާފުވުމާއެކު އޭނާގެ މައްޗަށް ހިންގާފައިވަނީ އަވަސް ނިޔާގެ އަޑުއެހުމެކެވެ.

Advertisement

މި މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.

މި މައްސަލައިގައި އަލަމްގީރް ހިމެނޭހެން 4 މީހެއްގެ މައްޗަށް މިހާތަނަށް ދައުވާ އުފުލާފައިވާއިރު، 31 އޯގަސްޓުގައި ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގައި ވަނީ އަލަމްގިރް 7 މަހާއި 6 ދުވަހަށް ޖަލަށްލާން ހުކުމްކޮށް، ތައުބާ ލައިދީފައެވެ. އެގޮތުން އޭނާ އިއުތިރާފުވެފައިވާތީ އޭނާގެ މައްޗަށް ހިންގާފައިވަނީ އަވަސްނިޔާގެ ޝަރީއަތެކެވެ.

އޭގެ އިތުރުން، އަލަމްގީރްއާއެކު ބަދުއަޚުލާޤީ އަމަލު ހިންގިކަމަށް އެއްބަސްވެފައިވާ ގާނޫނީ ވަކީލު ނާޒިމް ސައްތާރު 3 މަހާއި 21 ދުވަހަށް ގޭގައި ބަންދުކުރުމަށްވެސް ކްރިމިނަލް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ.

ނާޒިމަށް މިފަދައިން ހުކުމްކޮށްފައިވާއިރު ދައުލަތުން އެދިފައިވަނީ 7 މަހާއި 6 ދުވަހުގެ ޖަލު އަދަބެއް ކަނޑައަޅައިދިނުމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް