ކ. މާލެ
|
21 ސެޕްޓެންބަރ 2022 | ބުދަ 12:46
އާދަމް ޝަރީފް
އާދަމް ޝަރީފް
މަޖިލިސް
ފަތުވާ ކޮމިޓީއަށް މެމްބަރުން އައްޔަންކުރުން
ފަތުވާ މަޖިލީހަށް މެމްބަރުން އައްޔަންކުރުން ލަސްވާތީ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި
އެ މައްސަލަ މަޖިލީހަށް ބަލައިގަނެފައި ވަނީ ވޯޓުގައި ބައިވެރިވި 30 މެމްބަރުންގެ ތެރެއިން 27 މެމްބަރުންގެ ވޯޓާއި އެކުގައި
ދީނީ ކަންކަމުގައި ރާއްޖޭގައި ހިޔާލުތަފާތުވުންތައް އުފެދޭ ކަންކަން އެބަހުރި : އާދަމް ޝަރީފް

ރާއްޖޭގެ އިސްލާމީ ފަތުވާ ދޭ މަޖިލީހުގެ އެންމެ މެމްބަރެއް ފިޔަވައި ހުރިހާ މެމްބަރުންގެ ދައުރު ހަމަވެފައި ވީ ނަމަވެސް، އެ މަޖިލީހަށް މެމްބަރުން އައްޔަން ނުކޮށް ލަސްވާތީ، އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެ މަސައްކަތް އަވަސްކުރުމަށްށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ހުށަހަޅުއްވާފައިވާ އެ މައްސަލައިގައި ދީނީ ކަންކަމުގައި ރާއްޖޭގައި ހިޔާލުތަފާތުވުންތައް އުފެދޭ ކަންކަން އެބަހުރި ކަމަށާއި އެކަންކަމާއި ގުޅިގެން ބޮޑެތި މައްސަލަތައް ފެންމަތިވަމުންދާ ކަމަށް ވަނީ ފާހަގަކުރައްވާފައެވެ. އެފަދަ މައްސަލަތަކުގެ ސަބަބުން ރާއްޖޭގައި ނިރުބަވެރި އަމަލުތައް ހިންގަމުން ދާއިރުވެސް ފަތުވާ މަޖިލީހުގެ ބޭނުން ސަރުކާރުން ނުހިފާ ކަމަށް ފާހަގަކުރައްވާ އާދަމް ޝަރީފް ވަނީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެހެންކަމުން ވީހާވެސް އަވަހަކަށް ފަތުވާ މަޖިލީހަށް މެމްބަރުން އައްޔަންކުރުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

އެ މައްސަލަ މަޖިލީހަށް ބަލައިގަނެފައި ވަނީ ވޯޓުގައި ބައިވެރިވި 30 މެމްބަރުންގެ ތެރެއިން 27 މެމްބަރުންގެ ވޯޓާއި އެކުގައެވެ. އެ މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވީ ތިން މެމްބަރެކެވެ.

މިހާރު ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިޔާމަތްކުރުމުގެ ގާނޫނު އެކުލަވާލާފައިވާ ގޮތަށް ބަލާ ނަމަ ފަތުވާ މަހިލީހުގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ހަތަރު މެންބަރުންގެ އިތުރުން، މިނިސްޓަރުގެ ލަފާ މަތިން އައްޔަން ކުރާ މެމްބަރެކެވެ. މި މައްސަލަ އާއި ގުޅިގެން ރައީސް އޮފީހުން މީގެ ކުރިން ބުނެފައި ވަނީފަތުވާ ކޮމިޓީ އެކުލަވާލުން ލަސްވަނީ ފިގުހު އެކަޑަމީގެ ދަށަށް ފަތުވާ ކޮމިޓީގެ މަސައްކަތްތައް ބަދަލުކުރަން ސަރުކާރުން ވިސްނުން ގެންގުޅޭތީ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް