ކ. މާލެ
|
20 ސެޕްޓެންބަރ 2022 | އަންގާރަ 21:12
19 ސެޕްޓެމްބަރުގައި ތިން އަހަރު މަތިން މެކްސިކޯއަށް ވަނީ ބާރުގަދަ ބިންހެލުންތައް އައިސްފައި
19 ސެޕްޓެމްބަރުގައި ތިން އަހަރު މަތިން މެކްސިކޯއަށް ވަނީ ބާރުގަދަ ބިންހެލުންތައް އައިސްފައި
ރޮއިޓާރސް
19 ސެޕްޓެމްބަރު- މެކްސިކޯ އަށް ހިތާމަވެރި ދުވަހެއް
19 ސެޕްޓެމްބަރު - މެކްސިކޯގެ ރައްޔިތުން ބުނަނީ މިއީ "ކަރސްޑް" ތާރީޚެއްކަމަށް
2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ސެންޓްރަލް މެކްސިކޯއަށް އައި ބިންހެލުމުގައި 2 މީހުން މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނޭ
2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އައި ބިންހެލުމުގައި 350ށް ވުރެ ގިނަ މީހުން ވަނީ މަރުވެފައި
1985 ވަނަ އަހަރުގެ ސެޕްޓެމްބަރު 19 ވަނަ ދުވަހު މެކްސިކޯއަށް އައި ބާރުގަދަ ބިންހެލުމުގައި އެތައް ހާސް ބައެއްގެ ފުރާނަ ގެއްލުނު

19 ސެޕްޓެމްބަރަކީ މެކްސިކޯގެ ރައްޔިތުން އެހާ ގަޔާވާ ދުވަހެއް ނޫނެވެ. އެއީ އެގައުމުގެ ރައްޔިތުންނަށް ހިތާމައިން ފުރިގެންވާ ދުވަހެކެވެ. ބައެއް ރައްޔިތުން މި ތާރީހު ސިފަކުރަނީވެސް "ކަރސްޑް" ނުވަތަ ބަދު ނަސީބު ތާރީހެއްގެ ގޮތުގައެވެ. ސަބަބުތަކެއް ނެތިއެއްވެސް ނޫނެވެ.

ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަސް މެކްސިކޯއަށް ހިތާމަވެރި ދުވަހަކަށް އެންމެ ފުރަތަމަ ބަދަލުވެގެން ދިޔައީ 1985 ވަނަ އަހަރުއެވެ. އެހަރުގެ ސެޕްޓެމްބަރު 19 ވަނަ ދުވަހު މެކްސިކޯއަށް އައި ބާރުގަދަ ބިންހެލުމެއްގައި އެތައް ހާސް ބައެއްގެ ފުރާނަ ގެއްލިގެންދިޔައެވެ. އޭގެފަހުން މި ތާރީހަކީ އެގައުމަށް ހިތާމަވެރި ތާރީހެކެވެ.

1985 ވަނަ އަހަރު މެކްސިކޯއަށް އައި ބާރު ގަދަ ބިންހެލުމަށް 32 އަހަރު ފުރުނު ދުވަސް، 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު އަނެއްކާވެސް ބާރުގަދަ ބިންހެލުމަށް އެގައުމަށް އައެވެ. މިފަހަރުގެ ބިންހެލުމުގައި 350ށް ވުރެ ގިނަ މީހުންގެ ފުރާނަ ގެއްލުނެވެ.

މިހާ ހިސާބުން އެދުވަހުގެ ހިތާމަވެރިކަން އިތުރުވެގެން ދިޔައެވެ. 2017 ވަނަ އަހަރުގެ ބިންހެލުމަށް ފަސް އަހަރު ފުރުނު ދުވަހު އަނެއްކާވެސް ބާރުގަދަ ބިންހެލުމަށް މިވަނީ މެކްސިކޯއަށް އައިސްފައެވެ. 2022، ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު މެކްސިކޯގެ ގަޑިން މެންދުރު 01:05 ހާއިރު 7.5 މެގްނިޓިއުޑްގެ ބާރުމިނުގައި ސެންޓްރަލް މެކްސިކޯއަށް އައި ބިންހެލުމާއެކު ހަގީގަތުގައިވެސް މި ތާރިހާކީ މެކްސިކޯގެ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދާ ތާރީހަކަށް މިވަނީ ވެފައެވެ.

މިއަހަރު އެގައުމަށް އައި މިބިންހެލުމުގެ އެންމެ ފަހުގެ ރިޕޯޓުތައް ބުނާ ގޮތުން ދެ މީހެއްގެ ފުރާނަ ގެއްލި އެތައް ބަޔަކަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ. އަދި އުމްރާނީ ބޮޑެތި ގެއްލުންތަކެއްވެސް އެގައުމަށް ވަނީ ލިބިފައެވެ.

މީހުން ބުނެ އުޅެއެވެ. އެއް ކަމެއް ދެފަހަރަށް ކުރިމަތިވެއްޖެނަމަ އެއީ އިއްތިފާގެކެވެ. އަދި ތިންވަނަ ފަހަރަށް އެކަމެއް ތަކުރާރުވެއްޖެ ނަމަ އެކަން އާދައެއްކަމަށް ބެލެވިދާނެއެވެ. މެކްސިކޯގެ ރައްޔިތުންނަށްވެސް ވެފައި މިވަނީ މިގޮތަށެވެ. ދެ ފަހަރު މަތިން އެއް ތާރީހެއްގައި އެގައުމަށް ބާރުގަދަ ބިންހެލުންތަކެއް އައުމަށްފަހު ތިން ވަނަ ފަހަރަށް ހަމަ އެތާރީހުގައި އެފަދަ ބާރުގަދަ ބިންހެލުމެއް މިވަނީ އައިސްފައެވެ.

- ކޮމެންޓް