Advertisement
ކ. މާލެ
|
18 ސެޕްޓެންބަރ 2022 | އާދީއްތަ 12:00
ބޯހިމެނުމުގެ މަސައްކަތް ކުރިއަށްގެންދިއުން
ބޯހިމެނުމުގެ މަސައްކަތް ކުރިއަށްގެންދިއުން
ސްޓެޓިސްޓިކްސް މޯލްޑިވްސް
ބޯހިމެނުން
ބޯހިމެނުމަށް އެއްކުރާ މައުލޫމާތުތަކަކީ ރޭވުމުގެ މަރުހަލާއަށް މުހިންމު މައުލޫމާތުތަކެއް: ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ޚިދުމަތްތައް ގާއިމްކުރުމަށް އާބާދީ އެނގުން މުހިންމު
މިހާރު ރަށްރަށުގައި ދިރިއުޅެނީ ކިހާ މީހުންނެއް ކަމެއް ނޭނގޭ
ބޯހިމެނުމަށް އެއްކުރާ މައުލޫމާތުތައް ސިއްރު ކުރެވޭނެ

ބޯހިމެނުމުގައި އެއްކުރާ މައުލޫމާތުތަކަކީ ރޭވުމުގެ މަރުހަލާގައި ވަރަށް މުހިންމު މައުލޫމާތުތަކެއް ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުނެފިއެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ފަރާތުން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެ ބޯހިމެނުމުގެ މުހިންމުކަމާއި ގުޅޭ މުހިއްމު މައުލޫމާތު ދީފައިވެއެވެ.

Advertisement

އެގޮތުން މި ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ޗީފް ސްޓެޓިސްޓިޝަން އައިޝަތު ހަސަން ވިދާޅުވީ އެ މައުލޫމާތުތަކަކީ ސަރުކާރާއި އަމިއްލަ ފަރާތްތަކާއި ފަރުދުންގެ މެދުގައި ވެސް ވަރަށް ބޭނުންތެރި މައުލޫމާތުތަކެއް ކަމަށެވެ. މި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ޕޮލިސީތައް އެކުލަވާލެވޭނެ ކަމަށާއި، އަދި ޚިދުމަތްތައް ގާއިމްކުރަން ވެސް ފަސޭހަވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިމަހުގެ 13 ވަބަ ދުވަހު ބޯހިމެނުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި 25 ގެ ނިޔަލަށް މި މަސައްކަތް ކުރިއަށްދާނެއެވެ. މާލެ ސަރަހައްދުގައި 27 ގެ ނިޔަލަށް މި މަސައްކަތް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން މައުލޫމާތު ދޭގޮތުގައި ބޯހިމެނުމަށް ދޭ މައުލޫމާތު ސިއްރު ކުރެވޭނެއެވެ. އެއީ ގާނޫނުން ވެސް މަޖުބޫރު ކުރާ ކަމެއް ކަަމަށާއި އާއްމު ކުރާނީ ލިބޭ ހުރިހާ މައުލޫމާތުތައް އެއްކޮށްގެން ކަމަށް އެ އިދާރާއިން ބުނެއެވެ. އަދި މައުލޫމާތު އެއްކުރާއިރު އެއްވެސް މީހަކީ ކާކުކަން އެނގޭކަހަލަ މައުލޫމާތެއް ނުހޯދާނެ ކަމުގެ ޔަގީންކަން އެ އިދާރާއިން ދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް