Advertisement
ކ. މާލެ
|
12 ޖުލައި 2023 | ބުދަ 07:15
ކުޑަކުދިންތަކެއް މޫދުގައި މަޖާކުރަނީ
ކުޑަކުދިންތަކެއް މޫދުގައި މަޖާކުރަނީ
ރާއްޖެއެމްވީ
ރާއްޖޭގައި ދަރިމައިވާ ނިސްބަތް
ރާއްޖޭގައި ދަރިމައިވާ ނިސްބަތް 1.7ށް ދަށްވެއްޖެ
ރާއްޖޭގައި ދަރިމައިވުމުގެ ނިސްބަތްވަނީ ބިލޯ ރިޕްލޭސްމަންޓް ލެވެލްގައި
ދިވެހި އާބާދީގެ 69 އިންސައްތަ މީހުންނަކީ މީހަކާ އިނދެގެން އުޅޭ މީހުން

ރާއްޖޭގައި އެވްރެޖުކޮށް އަންހެނަކު ކުދިން ހޯދާ ނިސްބަތް (ޓީއެފްއާރު) ބޮޑުތަނުން ދަށްވެފައިވާކަމަށް ބޯހިމެނުމުގެ ނަތީޖާއިން ދައްކައިފިއެވެ.

2022 ވަނަ އަހަރު މުޅި ރާއްޖޭގައި ކުރިޔަށްގެންދިޔަ ބޯހިމެނުމުގެ ރިޕޯޓް އާންމުކޮށްފައިވާއިރު މިހާރު އެވްރެޖްކޮށް ދިވެހި އަންހެނަކު ހޯދަނީ 1.7 ކުދިންނެވެ. މިއަދަދު 1990 ގައި ހުރީ 6.4 ގައެވެ. 2000 ވަނަ އަހަރު 2.8 ގައި ހުރިއިރު އެންމެ ފަހުން ބޯހިމެނި އަހަރު ކަމުގައިވާ 2014 ވަނަ އަހަރު މިއަދަދު ހުރީ 2.5 ގައެވެ. އަދި 2022 ވަނަ އަހަރުގެ ބޯހިމެނުމުގައި މިއަދަދު ވަނީ 1.7ށް ދަށްވެފައެވެ.

ރާއްޖޭގައި ދަރިމައިވުމުގެ ނިސްބަތްވަނީ ބިލޯ ރިޕްލޭސްމަންޓް ލެވެލްގައެވެ.

Advertisement

ބޯހިމެނުމުގެ ނަތީޖާއިން އެނގުނު ގޮތުގައި ދިވެހި އާބާދީގެ 69 އިންސައްތަ މީހުންނަކީ މީހަކާ އިނދެގެން އުޅޭ މީހުންނެވެ. އަދި 9 އިންސައްތަ މީހުންނަކީ ވަރިވެފައިވާ މީހުންނެވެ. 15 އަހަރުން މަތީގެ އާބާދީގެ ތެރެއިން 19 އިންސައްތައަކީ ދުވަހަކުވެސް މީހަކާ ކައިވެނިނުކުރާ މީހުންނެވެ.

ދިވެހި އަންހެނުން އެވްރެޖްކޮށް ކައިވެނިކުރާ އުމުރަކީ 20 އަހަރެވެ. ފިރިހެނުން ކައިވެނިކުރާ އެވްރެޖް އުމުރަކީ 24 އަހަރެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް