ކ. މާލެ
|
17 ސެޕްޓެންބަރ 2022 | ހޮނިހިރު 19:06
ނޮޅިވަރަމު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ
ނޮޅިވަރަމު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ
ފެނަކަ ކޯޕަރޭޝަން
ނޮޅިވަރަންފަރު ފެނުގެ ނިޒާމް ނިމުން
ރައީސް ކަންކަން ކުރިއަށްގެންދަވަނީ މަޝްވަރާކުރައްވައިގެން: މެމްބަރު ނަޝީދު
ކޮވިޑްގެ ތެރޭގައި ބޮޑު މަސައްކަތެއް ނިންމާލެވިފައިވަނީ ހުއްޓާނުލާ މަސައްކަތް ކުރިއަށްގެންދިއުމުން
ދާއިރާގެ ކަންކަމުގައި ސަރުކާރުގެ އެއްބާރުލުން ލިބޭ

ދާއިރާގެ ތަރައްގީގެ ކަންކަން މި ސަރުކާރުން ކުރިއަށްގެންދަނީ ފުރިހަމަ މަޝްވަރާ އާއިއެކުގައި ކަމަށް ނޮޅިވަރަމު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ނަޝީދު މިފަދައިން ވިދާޅުވީ ހދ.ނޮޅިވަރަންފަރުގެ ފެނުގެ ނިޒާމް ނިމުމާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވަހަކަދައްކަވަމުންނެވެ.

Advertisement

ނޮޅިވަރަންފަރުގެ ފެނުގެ ނިޒާމުގެ މަސައްކަތް ފަށާފައި ވަނީ 1 ނޮވެމްބަރު 2018 ގައެވެ. މެމްބަރު ނަޝީދު ވިދާޅުވީ މި މަސައްކަތުގެ ތެރެއިން ކޮވިޑް-19ގެ ހާލަތާވެސް ކުރިމަތިލައި، މި މަސައްކަތް ނިންމާލާފައިވަނީ ވަރަށް ގިނަ ގޮންޖެހުންތަކާއެކުގައި ކަމަށެވެ. އަދި މިއަދު މަސައްކަތް ނިންމާލެވިފައިވަނީ ދަތި އުނދަގުލުގެ ތެރެއިންވެސް މަސައްކަތް ހުއްޓާނުލާ ކުރިއަށްގެންގޮސްފައިވާތީ ކަމުގައި މެމްބަރު ނަޝީދު ފާހަގަކުރެއްވިއެވެ.

މެމްބަރު އިތުރަށް ވަނީ މި ހުރިހާ ކަމެއްގައިވެސް މި ސަރުކާރުން މަޝްވަރާކުރާކަން ފާހަގަކުރައްވާފައެވެ. ވަކިން ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ކޮންމެ ކަމެއްގައިވެސް މަޝްވަރާކުރައްވާކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ކޮންމެ ކަމެއްވެސް ވަރަށް ރަނގަޅަށް ބައްލަވަމުންގެންދަވާކަން މެމްބަރު ފާހަގަކުރެއްވިއެވެ.

މެމްބަރު އިތުރަށް ވިދާޅުވީ ދާދި ފަހުން ކުރިއަށްދިޔަ ވިއަވަތި ކޮންފަރެންސްގެ ތެރެއިންވެސް ދާއިރާއަށް ބޭނުންވާ ވަރަށް ގިނަ ކަންކަން ރައީސުލްޖުމްހޫރިއްޔާއާއި، ކެބިނެޓުގެ މިނިސްޓަރުންނާ ހިއްސާ ކުރައްވާފައި ވާނެކަމަށެވެ. މިގޮތުން އޭޓީއެމްގެ ޚިދުމަތް ނެތުމުން އެތައް ޚަރަދެއް ކޮށް ކުޅުދުއްޓަށް ދާންޖެހުމުން ދިމާވާ ދަތިތަކާއި އަދިވެސް މިނޫން އެތައް ކަމެއް ރައީސްއަށް ދަންނަވާފައިވާނެކަން މެމްބަރު ފާހަގަކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މިނެޓު ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް