ކ. މާލެ
|
15 ސެޕްޓެންބަރ 2022 | ބުރާސްފަތި 12:30
ބަނޑޮހުގައި ބޭއްވި ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމްގެ ތެރެއިން
ބަނޑޮހުގައި ބޭއްވި ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމްގެ ތެރެއިން
ރާއްޖެއެމްވީ
ބަނޑޮސް މޯލްޑިވްސްގެ 50 ވަނަ އަހަރީ ދުވަސް
ބަނޑޮސް މޯލްޑިވްސްގެ އަހަރީ ދުވަސް ފާހަގަކުރަން ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް
މި ހަރަކާތުގައި ލޭ ހަދިޔާކޮށްފައިވަނީ 50 މީހުން
އެ ރިސޯޓުން އަބަދުވެސް ސީއެސްއާރު ނުވަތަ އިޖުތިމާއީ ޒިންމާގެ ދަށުން ގިނަ ހަރަކާތްތަކެއް ހިންގަމުންދޭ

ބަނޑޮސް މޯލްޑިވްސްގެ 50 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ބާއްވައިފިއެވެ.

Advertisement

ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު ރާއްޖެއެމްވީ އަށް މައުލޫމާތުދެއްވަމުން ބަނޑޮސް މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު އިސްމާއިލް ރަޝީދު ވިދާޅުވީ އެ ރިސޯޓުން އަބަދުވެސް ސީއެސްއާރު ނުވަތަ އިޖުތިމާއީ ޒިންމާގެ ދަށުން ގިނަ ހަރަކާތްތަކެއް ހިންގަމުންދާ ކަމަށެވެ. އެގޮތުން ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމްތައް މީގެ ކުރިން ވެސް ހިންގާފައިވާނެކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މި ފަހަރު މިފަދަ ހަރަކާތެއް ކުރިއަށް ގެންދަނީ އަހަރީ ދުވަހާއި ގުޅުވައިގެން ކަމަށް ވާއިރު ސްޓާފުންގެ ފަރާތުން އެ ހަރަކާތަށް ވަރަށް ރަނގަޅު އެއްބާރުލުމެއް ލިބުނުކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ބަނޑޮސް ފެނިގެންދާނީ މިފަދަ އިޖުތިމާއީ ކަންކަމުގައި ހަރަކާތްތެރިވާ ބައެއްގެ ގޮތުގައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކޮވިޑަށް ފަހު މިއީ ފުރަތަމަ ހަރަކާތް މިފަދަ. އަޅުގަނޑުމެން ހިތަށް އެރި މިއީ އެންމެ ރަނގަޅު ދަނޑިވަޅަށް ވާނެއޭ މިފަދަ ހަރަކާތެއް ފަށަން
ބަނޑޮސްގެ ޖެނެރަލް މެނޭޖަރު

މި ހަރަކާތާއި ގުޅިގެން މޯލްޑިވްސް ބްލަޑް ޑޮނަރސްގެ މެޑިކަލް އޮފިސަރު ޑރ.ނޫރް މުހައްމަދު ރާއްޖެއެމްވީއަށް ވިދާޅުވީ ރިސޯޓަކުން އިސްނަގައިގެން މިފަދަ ހަރަކާތެއް ހިންގުމުން ވަރަށް އުފާކުރައްވާ ކަމަށެވެ. ރާއްޖެ އަކީ ތެލެސީމިއާ ކުދިންނާއި އެހެން ބަލި މީހުންނަށް ލޭ ބޭނުންވާ މީހުން ގިނަތަނަކަށް ވާއިރު، ވީހާވެސް ގިނަ މީހުން ލޭ ހަދިޔާ ކުރުމަކީ އެ ސަރވިސަސްގެ ވަރަށް ބޮޑު އެދުމެއް ކަމަށާއި ކުރިއަށް އޮތްތަނުގައި އިތުރު ރިސޯޓްތަކުގައި ވެސް މިފަދަ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހަރަކާތުގައި ލޭ ހަދިޔާކޮށްފައި ވަނީ 50 މީހުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް