ކ. މާލެ
|
22 ސެޕްޓެންބަރ 2023 | ހުކުރު 07:38
ބީއެމްއެލް މުވައްޒަފުން ލޭ ހަދިޔާ ކުރަނީ
ބީއެމްއެލް މުވައްޒަފުން ލޭ ހަދިޔާ ކުރަނީ
ބީއެމްއެލް
ބީއެމްއެލް
ބީއެމްއެލުން ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ބާއްވައިފި
46 މުވައްޒަފަކު ލޭ ހަދިޔާކުރި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ބާއްވައިފިއެވެ.

މި ކޭމްޕް، އެ ބޭންކުން ބާއްވާފައިވަނީ މޯލްޑިވްސް ބްލަޑް ސާވިސަސްއާ ގުޅިގެން ބުރާސްފަތި ދުވަހުއެވެ. މި ކޭމްޕުގައި 46 މުވައްޒަފަކު ލޭ ހަދިޔާކޮށްފައިވާ ކަމަށް ބީއެމްއެލުން ބުނެއެވެ.

ތެލެސީމިއާ ކުދިންނަށް ލޭ ބޭނުންވާ މިންވަރަށް ބަލައި، ދެމެހެއްޓެނިވި ގޮތެއްގައި ލޭ ހަދިޔާކުރުމުގެ މުހިންމު ބޭނުމުގައި ބީއެމްއެލްއިން ދަނީ ކޮންމެ ތިން މަހަކުން އެއް ފަހަރު ލޭ ހަދިޔާކުރުމަށް ކޭމްޕުތައް ބާއްވަމުންނެވެ. ލޭ ހަދިޔާކުރުމުގެ ކޭމްޕް ބީއެމްއެލުން ބާއްވަން ފެށީ 2021 ވަނަ އަހަރެވެ.


Advertisement

މި އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި މި ކޭމްޕުތަކުގައި 60 އަށްވުރެ ގިނަ މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާ މެންބަރުން ލޭ ހަދިޔާ ކޮށްފައިވާ ކަމަށް ބީއެމްއެލުން މައުލޫމާތުދެއެވެ.

ބީއެމްއެލްއިން ބުނީ، އެ ބޭންކުގެ އަމާޒަކީ މުވައްޒަފުން އިޖުތިމާއީ ކަންކަމަށް ހޭލުންތެރި ކުރުވުމާއި މުޖުތަމައަށް ފައިދާ ކުރަނިވި ހަރާކާތްތަކުގައި ބައިވެރިވުން އިތުރުކުރުން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް