ކ. މާލެ
|
13 ސެޕްޓެންބަރ 2022 | އަންގާރަ 19:03
ސީރިއަސް ފްރޯޑް އިންވެސްޓިގޭޝަން އޮފީސް
ސީރިއަސް ފްރޯޑް އިންވެސްޓިގޭޝަން އޮފީސް
އިންޑިއާ ޓައިމްސް
ވަގު ވިޔަފާރި
އިންޑިއާގައި ވަގު ވިޔަފާރި ކުރަމުން ދިޔަ ބަޔަކު ހައްޔަރުކޮށްފި
ހައްޔަރުކޮށްފައިވަނީ ތިން މީހުން
ވަގު ވިޔަފާރީގެ މައްސަލަތަކުގައި ހަރުކަށި އަދަބު ދޭނެ

އިންޑިއާގައި ފުޅާ ދާއިރާއަކަށް ވަގު ވިޔަފާރި ކުރަމުން ދިޔަ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް އެގައުމުގެ ފުލުުހުން ބުނެފިއެވެ.

އިންޑިއާގެ ސީރިއަސް ފްރޯޑް އިންވެސްޓިގޭޝަން އޮފީސް (އެސްއެފްއައިއޯ) އިން ބުނީ ހައްޔަރުކޮށްފައިވަނީ އިންޑިއާގައި ފުޅާ ދާއިރާއަކަށް ވަގު ވިޔަފާރި ކުރަމުންދިޔަ ބަޔަކު ކަމަށާއި، ހައްޔަރު ކުރި މީހުން ވަގު ވިޔަފާރި ކުރަމުން އަންނަނީ ޗައިނާގެ ކުންފުނިތަކަކާއި ގުޅިގެން ކަމަށެވެ.

އެސްއެފްއައިއޯ އިން ވަނީ މި މަހު ކުރީކޮޅު ވެސް ވަނީ އިންޑިއާގައި ޗައިނާ ކުންފުނިތަކަކާއި ގުޅިގެން ފުޅާ ކޮށް ވަގު ވިޔަފާރި ކުރަމުން އަންނަކަން ފާހަގަވެފައިވާ ކަމަށް ބުނެފައެވެ. އަދި އެކަން ބަލައި ހަރުކަށި ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް އެސްއެފްއައިއޯ އިން ވަނީ އެ ބަޔާނުގައި ބުނެފައެވެ.

އިންޑިއާ ފުލުހުން ވަގު ވިޔަފާރި ކުރަމުން ދިޔަ ބަޔަކު ހައްޔަރުކޮށްފައިވީ ނަމަވެސް އެ މީހުން ކުރަމުން އައީ ކޮން ވިޔަފާރިއެއް ކަަމެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން އިންޑިއާ ފުލުހުން ހައްޔަރުކޮށްފައިވަނީ އެ ގައުމުގެ ވިޔަފާރި ކުންފުންޏެއްގެ ބޯޑުގައި ހިމެނޭ ދެ މީހެކެވެ. މީގެ އިތުރުން އިންޑިއާގައި ވިޔަފާރި ކުރަމުން ދިޔަ ޗައިނާ ރައްޔިތެއްވެސް ވަނީ ހައްޔަރުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް