ކ. މާލެ
|
13 ސެޕްޓެންބަރ 2022 | އަންގާރަ 07:20
ޕީޖީ ހުސައިން ޝަމީމް
ޕީޖީ ހުސައިން ޝަމީމް
ރާއްޖެއެމްވީ
ޕީޖީ އޮފީހުގެ ތަފާސްހިސާބު
އޮގަސްޓުމަހު މަސްތުވާތަކެތީގެ 123 މައްސަލައެއް ކޯޓުތަކަށް ހުށަހެޅި
އޮގަސްޓު މަހު 235 މައްސަލައެއްގެ ދައުވާ ކުރުމަށް ހުށަހެޅި
އޮގަސްޓު މަހު ޑިއުޓީ ޕްރޮސެކިއުޝަންއަށް 271 މައްސަލައެއް ހުށަހެޅި

މަސްތުވާތަކެއްޗާއި ގުޅުންހުރި 123 މައްސަލައެއްގެ ދައުވާ ކުރުމަށް، އޮގަސްޓު މަހު ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ކޯޓުތަކަށް ހުށަހަޅާފައިވާކަމަށް އެ އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން އާންމުކޮށްފައިވާ އޮގަސްޓު މަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އޮގަސްޓު މަހު އެ އޮފީހުން ވަނީ 235 މައްސަލައެއްގެ ދައުވާ ކުރުމަށް ކޯޓަށް ހުށަހަޅާފައެވެ. މީގެ ތެރެއިން 123 މައްސަލައަކީ އަލަށް ދައުވާ ކުރެވުނު މައްސަލަތަކެވެ.

އޮގަސްޓު މަހު ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 53 އިންސައްތަ މައްސަލައަކީ މަސްތުވާތަކެއްޗާއި ގުޅުންހުރި މައްސަލަތަކެވެ. މަސްތުވާތަކެތީގެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތި ބޭނުންކުރުމުގެ 73 މައްސަލައާއި، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ 32 މައްސަލައާއި، މަސްތުވާތަކެތި މުއާމަލާތްކުރުމުގެ 13 މައްސަލައިގެ އިތުރުން މަސްތުވާތަކެތި ޕެޑްލްކުރުމުގެ 5 މައްސަލައެވެ.

ދެވަނައަށް އެންމެ ގިނައިން ދައުވާ ކުރުމަށް ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. ދައުވާކުރުމަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން 28 އިންސައްތަ މައްސަލައަކީ ވައްކަމާ ގުޅުންހުރި މައްސަލަތަކެވެ. އަދި އެހެނިހެން މައްސަލަތަކުގެ ގޮތުގައި 11 އިންސައްތަ މައްސަލަ ހިމެނޭ ކަމަށް ޕީޖީ އޮފީހުގެ ތަފާސްހިސާބުން ހާމަކުރެއެވެ.

މީގެ އިތުރުން ދައުވާ ކުރުމަށް އެދި ޕީޖީ އޮފީހުގެ ޑިއުޓީ ޕްރޮސެކިއުޝަންއަށް 271 މައްސަލައެއް ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން 30 އިންސައްތަ މައްސަލައަކީ މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަތަކެވެ. 21 އިންސައްތަ ވައްކަމުގެ މައްސަލަތަކުގެ ގޮތުގައި ހިމެނިފައިވާއިރު، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ 17 އިންސައްތަ މައްސަލަ ހުށަހަޅާފައިވެއެވެ. އަދި އެހެނިހެން 16 އިންސައްތަ މައްސަލަ ހުށަހަޅާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް