ކ. މާލެ
|
12 ސެޕްޓެންބަރ 2022 | ހޯމަ 11:43
ބިނާވެށި ޕްލޭން އެކުލަވާލުމުގެ މަޝްވަރާގެ ތެރެއިން
ބިނާވެށި ޕްލޭން އެކުލަވާލުމުގެ މަޝްވަރާގެ ތެރެއިން
ރައީސް އޮފީސް
ދައުލަތުގެ ޚަރަދުތައް ބެލެހެއްޓުން
ކަރަންޓު ބިލަކީ ދައްކަން ޖެހޭ އެއްޗެއްގެ ގޮތުގައި ނުބަލާ ކައުންސިލްތައް ވެސް އެބަހުރި: އަމީރު
މިލިޔަނުން ރުފިޔާ ހުރި ނަމަވެސް, ކަރަންޓް ބިލް ނުދައްކާ ކައުންސިލްތައް އެބަހުރި
ކައުންސިލްތަކުގެ މާލީ ހިސާބުތައް ރަނގަޅަށް ނުބެލެއްޓުން ގޮންޖެހުމަކަށްވޭ

ކަރަންޓު ބިލަކީ ދައްކަން ޖެހޭ އެއްޗެއްގެ ގޮތުގައި ނުބަލާ ކައުންސިލްތައް ވެސް އެބަހުރިކަމަށް ފިނޭންސް މިނިސްޓަރު އިބްރާޙިމް އަމީރު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ "ވިއަވަތި ރާއްޖެ" މަހާސިންތާގައި ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމާއި މެދު ބޭއްވި ޕެނަލް ޑިސްކަޝަންގައި މިނިސްޓަރ އަމީރު ވަނީ މާލީ ޚަރަދުތައް ބެލެހެއްޓުމުގައި ކައުންސިލްތަކުން ވަރަށް ބޮޑަށް ފަރުވާތެރިވެ ޒިންމާވާން ޖެހޭ ކަން ފާހަގަކުރައްވާފައެވެ. އެ ސެޝަންގައި ކައުންސިލްތަކުން ވަނީ ކައުންސިލްތަކަށް ލިބޭ ބްލޮކް ގްރާންޓު ފިނޭންސް މިނިސްޓްރީ އިން ހިފެހެއްޓުމުގެ ސަބަބުން ކައުންސިލްތައް ހިންގުމަށް ދަތިވާކަމަށް ފާހަގަކޮށްފައެވެ. އެގޮތުން ބަޖެޓް ހިފެހެއްޓުމުން ކައުންސިލްތަކަށް އެއްވެސް މަސައްކަތެއް ނުކުރެވޭ ކަމަށާއި، އެކަމުގެ ސަބަބުން ކައުންސިލްތަކުގެ މުސާރަވެސް ނުދެވޭ ކަަމަށް ކައުންސިލްތަކުން ފާހަގަކުރިއެވެ.

ކައުންސިލްތަކުގެ އެ ކަންބޮޑުވުންތަކާއި ގުޅިގެން މިނިސްޓަރު ވިދާޅުވީ ކައުންސިލްތަކުގެ ބަޖެޓް ހިފަހައްޓަން ޖެހެނީ އެ ކައުންސިލްތަކުން ކަރަންޓު ބިލް ނުދެއްކުން ފަދަ ކަންކަން މެެދުވެރިވުމުން ކަމަށެވެ. ދައުލަތުގެ މާލީ ޚަރަދުތަކަށް ފިނޭންސް މިނިސްޓްރީ އިން ޒިންމާވާން ޖެހޭ އިރު އެކަން ނުބަލާ ދޫކޮށްލުމަކީ ކުރެވޭނެ ކަމެއް ނޫންކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ބައެއް ކައުންސިލްތަކުން ކަރަންޓު ބިލު ނުދެއްކުމުގެ ސަބަބުން ގިނަ ދަތިތަކާއި ކުރިމަތިލާންޖެހޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެ ފައިސާ ނުދެއްކުމުން އަނެއްކާ ލޯނު ނަގައިގެން، ބޮޑު އިންޓްރެސްޓް ރޭޓުގައި އަޅުގަނޑުމެން އެބަ ޖެހޭ ލޯނު ނަގައިގެން އެ ފައިސާ ފެނަކަ އަށް ދައްކަން އެބަ ޖެހޭ އެ ފައިސާ ދައުލަތުން ދައްކަން ޖެހޭ އެއްޗެއް ގޮތުގައި
މިނިސްޓަރު އަމީރު

މީގެ އިތުރުން ބަޖެޓުގައި މިލިޔަނުން ރުފިޔާ ހުރި ނަމަވެސް, ކަރަންޓް ބިލް ނުދައްކާ ކައުންސިލްތައް ހުރިކަން މިނިސްޓަރު އަމީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކަރަންޓު އެއްކޮށް ނުދެއްކުނު ކަމުގައި ވިޔަސް ކަމާއި ބެހޭ ފަރާތްތަކާއި މަޝްވަރާކޮށްގެން ލުއި ގޮތްތަކެއް ހޯދައިދިނުމަށް ތައްޔާރަށް ހުންނެވި ކަމަށް އަމީރު ވިދާޅުވިއެވެ. އަމީރު ވަނީ ލިބޭ އާއްމުދަނީ ޚަރަދުތައް ޝާއިރު ނުކުރާ ކައުންސިލްތައް އެބަހުރި ކަމަށާއި އެއީ ހައްލު ކުރަން ޖެހޭ މައްސަލައެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް