ކ. މާލެ
|
8 ސެޕްޓެންބަރ 2022 | ބުރާސްފަތި 23:49
ފިނޭންސް މިނިސްޓަރު އަމީރު
ފިނޭންސް މިނިސްޓަރު އަމީރު
ރާއްޖެއެމްވީ
މި ސަރުކާރުގެ މަސައްކަތްތައް
40 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓު މި ސަރުކާރުން ވަނީ އެވޯޑްކޮށްފައި: މިނިސްޓަރު އަމީރު
އިގްތިސާދު މި އަހަރު 14 އިންސައްތަ ކުރިއަރާނެ ކަމަށް ބެލެވޭ: އަމީރު
އެއްވެސް ސަރުކާރަކުން އިޢުލާން ނުކުރާ ވަރަކަށް މި ސަރުކާރުން މަޝްރޫޢުތައް އިޢުލާންކޮށްފި: އަމީރު

މި ސަރުކާރުން މިހާތަނަށް އައި އިރު 40 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓް އެވޯޑްކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ އެއްވެސް ސަރުކާރަކުން އިޢުލާން ނުކުރާ ވަރަށް މި ސަރުކާރުން މަޝްރޫޢުތައް އިޢުލާންކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ހައުސިންގެ މަޝްރޫޢުތަކުގެ މަސައްކަތްތައް ވެސް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި ނޭޝަނަލް ޓެންޑަރގެ ތެރޭގައި އެ ޕްރޮޖެކްޓްތައް ނުހިމެނޭ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

2014 އިން 2018 އަށް ޓެންޑަރ ކުރީ 6.8 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓް. 6.8 ބިލިއަން އާއި 40 ބިލިއަން ރުފިޔާގެ ތަފާތުގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ.
ފިނޭންސް މިނިސްޓަރު އަމިރު

މީގެ އިތުރުން އަސާސީ ޚިދުމަތްތައް ފުރިހަމަކުރަން މި ސަރުކާރުން ވަރަށް ޚާއްސަ އިސްކަމެއް ދެއްވާ ކަމަށް އަމީރު ވިދާޅުވިއެވެ. މި ސަރުކާރު ވެރިކަމަށް އައި އިރުވެސް އަސާސީ އިންފްރާސްޓްރަކްޗަރުގެ ކަންކަން ރާއްޖޭގައި ފުރިހަމަ ނުވާ ކަމަށް އަމީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އަމީރު ވަނީ ރާއްޖޭގެ އިގްތިސާދު މި އަހަރު 14 އިންސައްތަ ކުރިއަރާނެ ކަމަށް ބެލެވޭ ކަމަށް ވެސް ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް