Advertisement
ކ. މާލެ
|
8 ސެޕްޓެންބަރ 2022 | ބުރާސްފަތި 09:42
ރައީސް ޔާމީން ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ
ރައީސް ޔާމީން ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ
ޕީޕީއެމް
ވ އާރަށު ހިޔާނަތް
ޔާމީނު އާލާސްކަންފުޅާ އުޅުއްވާތީ މިއަދުގެ އަޑުއެހުން ކެންސަލް
އަޑުއެހުން ތާވަލު ކޮށްފައި އޮތީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00ށް
މި އަޑުއެހުން ކެންސަލް ކޮށްދިނުމަށް އެދި ޔާމީން ސިޓީއެއް ހުށައަޅުއްވާފައިވޭ
މި މައްސަލައިގައި މިހާރު ކުރިއަށްދަނީ ދިފާއީ ހެކިންގެ ހެކިބަސް ނެގުމުގެ މަރުޙަލާ

ފެލިދެއަތޮޅު އާރަށް ތަރައްގީކުރުމަށް ހިންގި މުއާމަލާތުގެ ތެރެއިން, މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޝްވަތު ނެންގެވިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ އަޑުއެހުން ކެންސަލްވެއްޖެއެވެ.

ރައީސް ޔާމީނާއި ޔޫސުފް ނައީމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުން ތާވަލު ކޮށްފައި އޮތީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށެވެ. އެހެންނަމަވެސް އަޑުއެހުން ކެންސަލްވިކަން 09:21 ގައި ކްރިމިނަލް ކޯޓުން ވަނީ މީޑިއާތަކަށް އަންގާފައެވެ.

ކްރިމިނަލް ކޯޓުން ބުނީ، ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ބަލި ހާލަތު ހުރި ގޮތުން މި އަޑުއެހުން ކެންސަލް ކޮށްދިނުމަށް އެދި ސިޓީއެއް ހުށައަޅުއްވާފައިވާތީ ބުރާސްފަތި ދުވަހު ތާވަލުކުރެވިފައިވާ އަޑުއެހުން ކެންސަލް ކުރެވިފައިވާ ކަމަށެވެ.

Advertisement

މި މައްސަލައިގައި މިހާރު ކުރިއަށްދަނީ ދިފާއީ ހެކިންގެ ހެކިބަސް ނެގުމުގެ މަރުޙަލާއެވެ. އެގޮތުން ބުރާސްފަތި ދުވަހުގެ އަޑުއެހުމަކީވެސް މި މައްސަލައިގެ ދިފާއީ ހެކިންގެ ހެކިބަސް ނެގުމަށް ތާވަލުކުރި އަޑުއެހުމެކެވެ.

މިހަފްތާގެ ބުދަ ދުވަހުވެސް މި މައްސަލައިގެއަޑުއެހުމެއްބޭއްވިއެވެ. މި އަޑުއެހުމުގައި ހެއްކެއްގެ ގޮތުގައި ހާޒިރުކޮށްފައިވަނީ ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި މިހާރުގެ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް