ކ. މާލެ
|
6 ސެޕްޓެންބަރ 2022 | އަންގާރަ 21:01
އިންޑިއާގައި އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް މީހަކު މުޒާހަރާކުރަނީ
އިންޑިއާގައި އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް މީހަކު މުޒާހަރާކުރަނީ
ބީބީސީ
އިންޑިއާގައި އަންހެނުންނަށް ކުރާ އަނިޔާ
"ޑައުރީ" ނުދީގެން އިންޑިއާ އަންހެނެއްގެ ގައިގައި ރޯކޮށްލައިފި
5 ލައްކަ ރުޕީސް ނުދިނުމުން އަލިފާން ރޯކޮށްލީކަމަށް، އަނިޔާ ލިބުނު އަންހެން މީހާ ވަނީ ބުނެފައި

"ޑައުރީ" ނުދީގެން، އިންޑިއާގައި އަންހެނެއްގެ ގައިގައި އޭނާގެ ފިރިމީހާއާއި ފިރިމީހާގެ އާއިލާއިން ރޯކޮށްލައިފިއެވެ.

މި ހާދިސާ ހިންގާފައިވަނީ މި މަހުގެ 2 ވަނަ ދުވަހުއެވެ. މި މައްސަލަ އިންޑިއާގެ ފުލުހުން ބަލަމުންދާއިރު މައްސަލައިގެ އެފްއައިއާރް ރިޕޯޓާއި އާއިލާގެ މައުލޫމާތު ދިނުމަށް، އެ ގައުމުގައި އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރާ ޖަމްއިއްޔާއެއްކަމަށްވާ "ދިއްލީ ކޮމިޝަން ފޯރ ވިމެން" (ޑީސީޑަބްލިއު)އިން ވަނީ ފުލުހުންގެ ފަރާތުން އެދިފައެވެ.

ޑައުރީއަކީ ކައިވެނިކުރުމާ ގުޅިގެން އަންހެނުންގެ އަތުން ފިރިހެންމީހާގެ އާއިލާއިން ނަގާ މުދަލާއި ފައިސާއެވެ. މި މުދަލާއި ފައިސާއަށް އެދުމަކީވެސް އިންޑިއާގެ ގާނޫނުތަކުން މިހާރު މަނާކޮށްފައިވާކަމެކެވެ.

މި ހާދިސާއާ ގުޅޭގޮތުން އިންޑިއާގެ ސިފައިން ބުނެފައިވަނީ، އަންހެނަކު ފިހިގެން އެކަމުގެ ރިޕޯޓް ލިބިފައިވާކަމަށެވެ. އެ މައްސަލައިގައި އަނިޔާ ލިބުނު އަންހެން މީހާއާ ސުވާލުކުރުމުން، އޭނާ ގައިގައި އަލިފާން ރޯކުރީ އޭނާގެ ފިރިމީހާއާއި ފިރިމީހާގެ އާއިލާއިންކަމަށް ވަނީ ބުނެފައެވެ. އެގޮތުން، ފިރިމީހާގެ އާއިލާއިން ފަސް ލައްކަ ރުޕީސް ދިނުމަށް އެދުނު ކަމަށާއި، އެ ދޭން އިންކާރުކުރުމުން ގަޔަށް ތެޔޮ އަޅައި ހުޅުޖެހީކަމަށް އޭނާ ވަނީ ރިޕޯޓުގައި ބުނެފައެވެ.

މި މައްސަލަ ރިޕޯޓްކުރުމާއެކު ފިރިހެން މީހާގެ ގެއަށް ފުލުހުން ދިޔައިރު ފިރިހެން މީހާއާއި އޭނާގެ އާއިލާ ވަނީ ފިލާފައެވެ. އެ މީހުން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް އިންޑިއާގެ ސިފައިން ވަނީ ބުނެފައެވެ.

އަނިޔާ ލިބުނު އަންހެން މީހާ ފުލުހުންނަށް މައުލޫމާތުދީފައިވާ ގޮތުގައި އޭނާގެ ފިރިމީހާގެ ފަރާތުން އަބަދުވެސް އަނިޔާ ލިބެއެވެ. އަދި އަންދާލަންވެގެން އުޅުނު ދުވަހުވެސް ޒުވާބުކޮށް އަނިޔާކުރިިކަމަށް އޭނާ ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް