ކ. މާލެ
|
2 ސެޕްޓެންބަރ 2022 | ހުކުރު 19:15
ގޮތަބަޔާ އަސްކަރިއްޔާގައި އުޅުއްވިއިރު
ގޮތަބަޔާ އަސްކަރިއްޔާގައި އުޅުއްވިއިރު
ފޭސްބުކް / ގޮތަބަޔާ
ސްރީލަންކާގެ ސިޔާސީ މަސްރަހު
މަސްދުވަހަށްފަހު ގޮތަބަޔާ އަނބުރާ ލަންކާއަށް ވަޑައިގަންނަވަނީ
ގޮތަބަޔާއަށް ލަންކާގެ އާއްމުންގެ ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފައި
ގޮތަބަޔާ ގައުމު ދޫކުރައްވައި ފިއްލެވީ ކޮރަޕްޝަނުގެ ތުހުމަތު ކުރެވުމުން

ގައުމުން ބޭރުގައި ފިއްލަވައިގެން އުޅުއްވާތާ މަސްދުވަހަށްފަހު، ސްރީލަންކާގެ ކުރީގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އެނބުރި ގައުމަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން، ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ވަގުތެއްގައި ގޮތަބަޔާ ތައިލެންޑުން ލަންކާއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އޭނާއަށް ގައުމަށް އެނބުރި ވަޑައިގެންނެވޭނެ ގޮތް ހައްދަވައިދެއްވުމަށް، ރައީސް ރަނިލް ވިކްރަމަސިންގހަގެ އަރިހުން، ވެރިކަންކުރާ ޕާޓީން މީގެ ކުރިން ވަނީ އެދިފައެވެ. މިގޮތުން ސެކިއުރިޓީއާއި އެހެންވެސް ކަންކަމުގައި ސަރުކާރުގެ އެހީ ބޭނުންވާކަމަށް އެޕާޓީން ބުނެފައިވެއެވެ.

ގޮތަބަޔާ ގައުމުދޫކުރައްވައި ފިއްލެވީ ކޮރަޕްޝަނާއި ގައުމުގެ އިގުތިސާދު ބަނގުރޫޓުކޮށްލެއްވިކަމުގެ ތުހުމަތުތައް ކުރެވެމުން ދިޔަ ދަނޑިވަޅެއްގައެވެ. އަދި ގައުމުގެ ހާލަތު ގޯހުން ގޯހަށް ގޮސް، އާންމު ރައްޔިތުން ނުކުމެ މުޒާހަރާކުރަމުންދާތާ އެތައް މަހެއް ވެފައިވަނިކޮށް ގައުމުން ފިއްލަވައި، ރައީސްކަމުން އިސްތިއުފާދެއްވާފައިވަނީ ސިންގަޕޫރުގައި ހުންނަވައިގެންނެވެ. އޭގެފަހުން ލަންކާގައި ރައީސަކު ހޮވުމަށް މަޖިލީހުގައި ނެގުނު ވޯޓު ކާމިޔާބުކުރެއްވި ވަގުތީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ ވަނީ ރައީސްކަމަށް އައްޔަންކުރެވިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް