Advertisement
ކ. މާލެ
|
17 ޖޫން 2017 | ހޮނިހިރު 02:44
އިބްރާހީމީ މިސްކިތުގައި ދަމު ނަމާދު ގަޑީގައި މުދިމު ނައިސްގެން ނަމާދު ނުކުރެވުނު
އިބްރާހީމީ މިސްކިތުގައި ދަމު ނަމާދު ގަޑީގައި މުދިމު ނައިސްގެން ނަމާދު ނުކުރެވުނު
ޓްވިޓަރ
އިބްރާހީމީ މިސްކިތް
މުދިމު ނެތިގެން އިބްރާހިމީ މިސްކިތުގައި ދަމު ނަމާދު ނުކުރެވުނު
ގިނަ އަދަދެއްގެ ބަޔަކު ދަމު ނަމާދު ނުކުރެވި ވަނީ އެނބުރި ގޮސްފައި
މުދިމު އަންނާނެ ކަމަށް ގިނަ ބަޔަކު އެތައް އިރަކު މަޑުކުރި

މާލޭގެ އިބްރާހިމީ މިސްތުގައި މުދިމު ނެތިގެން ދަމު ނަމާދު ނުކުރެވުނު ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

 

ރާއްޖެއެމްވީއާއި ވާހަކަދެއްކަމުން ހޮނިހިރު ދުވަހުގެ ރޭ އެ މިސްކިތަށް ދަމު ނަމާދަށް ދިޔަ ބަޔަކު ބުނީ ފަހު ދިހައިގެ ރޭ ތަކުގައި މިސްކިތްތަކުގައި ދަމު ނަމާދު ކުރާ ކަމަށާއި އެގޮތުން ގިނަ އަދަދެއްގެ ބަޔަކު ދަމު ނަމާދު ކުރުމަށްޓަކައި ދިޔަ ކަމަށެވެ.

 

އެހެން ނަމަވެސް މުދިމު އަންނާނެ ކަމަށް ގިނަ ބަޔަކު އެތައް އިރަކު މަޑު ކުރުމަށްފަހު މިސްކިތުން ފައިބައިގެން ދިޔަ ކަމަށް އެ މީހުން ބުންޏެވެ. 

 

އިބްރާހީމީ މިސްކިތަށް ދަމު ނަމާދު ކުރުމަށް ގިނަ އަދަދެއްގެ އަންހެނުންވެސް ގޮސްފައިވެއެވެ. އިބްރާހިމީ މިސްކިތަކީ ގިނަ އަދަދެއްގެ ބަޔަކު ޖަމާއަތުގައި ނަމާދު ކުރުމަށްދާ މިސްކިތަކަށްވާއިރު މި މިސްކިތަކީ ދަމު ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސާފައިވާ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ މިސްކިތެކެވެ. 

 

ކޮންމެ އަހަރެއްގެ ރަމަޟާން މަހުގައި މާލޭގެ ބޮޑެތި މިސްކިތްތަކުގައި ޖަމާއަތުގައި ދަމު ނަމާދު ކުރާގޮތަށް އިސްލާމިކް މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް