ފުވައްމުލަކު ސިޓީގައި ހިނގި އެކްސިޑެންޓެއްގައި އެކަކުގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެފިއެވެ.
ހުކުރު ދުވަހުގެރޭ ދިހައެއްޖަހާ ކަންހާއިރު މި އެކްސިޑެންޑް ހިނގާފައިވަނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް އެހެން ސައިކަލެއްގައި ޖެހިގެންނެވެ.
މިހާދިސާގައި ތިން މީހަކަށް އަނިޔާވެފައިވާއިރު މި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ އުމުރުން ފަންސާސް ނުވަ އަހަރުގެ މީހަކަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އޭނާއަށް ފުވައްމުލަކު އަތޮޅު ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުންދާކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
މިހާދިސާގައި އެކިވަރުގެ އަނިޔާވެފައިވަނީ މި ދެސައިކަލްގައި ތިބި ތިން މީހުންނަށެވެ.
މި ހާދިސާ މޯލްޑިވްސް ޕޮލިސް ސާރވިސްއިން ގެންދަނީ އިތުރަށް ތަޙްޤީޤް ކުރަމުންނެއެވެ.