ކ. މާލެ
|
6 އޯގަސްޓް 2022 | ހޮނިހިރު 18:58
ސްކޫލް ހަރަކާތެއްގެ ތެރެއިން
ސްކޫލް ހަރަކާތެއްގެ ތެރެއިން
ރާއްޖެއެމްވީ
ދިރާސީ އާ އަހަރުގެ ކިޔެވުން
ދަރިވަރުން ގިނަވެ މާލެ ސަރަހައްދުގައި ސްކޫލްތައް އިތުރުކުރަނީ!
އިތުރު 4 ސްކޫލް އެޅުމަށް ވަނީ މިއަހަރު ބަޖެޓްކޮށްފައި
ތައުލީމީ ދާއިރާގެ 200 އަށް ވުރެ ގިނަ ޕްރޮޖެކްޓް ވަނީ ހިންގާފައި
މާލެ ސަރަހައްދަށް 5000 އަށް ވުރެ ގިނަ ދަރިވަރުން

މާލެ ސަރަހައްދުގެ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް މާލެ ސަރަހައްދުގައި އިތުރު ސްކޫލްތައް ޤާއިމްކުރުމަށް ނިންމަވާފައިވާ ކަމަށް ތައުލީމާއި ބެހޭ ވަޒީރު ޑރ.އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް ޚާއްކޮށްގެން ބޭއްވި މައުލޫމާތުދިނުމުގެ ބައްދަލުވުމެއްގައި އެކަމަނާ ވިދާޅުވީ މާލެ ސަރަހައްދުގެ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރަން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަަމަށެވެ. އެގޮތުން އެ މައްސަލަ ހައްލުކުރުމަށް ހުޅުމާލޭ ފޭސް2 ގައި ޕްރައިމަރީ ސްކޫލަކާއި ޕްރީ ސްކޫލެއް ޤާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން މިހާރު މަސައްކަތް ކުރިއަށްދާ ސްކޫލްތައް ފިޔަވާ އިތުރު 4 ސްކޫލް އެޅުމަށް މި އަހަރު ބަޖެޓްކޮށްފައިވާ ކަމަށް ޑރ.އައިޝަތު އަލީ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އަރަބިއްޔާ ސްކޫލްގެ އާ އިމާރާތާއި، ސީއެޗްއެސްސީގެ އާ އިމާރާތުގެ މަސައްކަތް އަވަސް ކުރުމަށް އިސްކަން ދެއްވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. މި ހުރިހާ ސްކޫލެއް ޤާއިމް ކުރާނީ ދަންފަޅިއެއްގައި 1500 ދަރިވަރުންނަށް އުނގަންނައިދިނުމުގެ ޤާބިލްކަން ލިބިގެންވާގޮތަށް ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މި އަހަރު މާލެ ސަރަހައްދަށް ރާއްޖޭގެ އެހެން ހިސާބުތަކުން ބަދަލުވާ ދަރިވަރުންގެ އަދަދު ކުރިއާ އަޅައިބަލާއިރު ވަރަށް ބޮޑުތަން އިތުރުވެފައިވާކަން އެޑިއުކޭޝަން މިނިސްޓްރީން ފާހަގަކުރައްވައެވެ.  ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތައުލީމް އުނގެނެމުންދިޔަ ގިނަ އަދަދެއްގެ ކުދިން މާލެ ސަރަހައްދުގެ ސްކޫލްތަކަށް ބަދަލުވުމަށް އެދި ހުށަހަޅަމުންދާކަަން އެ ވުޒާރާއިން ފާހަގަކުރައްވައެވެ. އެ ވުޒާރާއިން ވިދާޅުވީ ގިނަ އަދަދެއްގެ ދަރިވަރުން އެއްފަހަރާ މާލޭގެ ސްކޫލްތަކާ ގުޅުމަށް އެދެމުންދާ ސަބަބަކީ، ހިޔާ ފްލެޓްތަކަށް މީހުން ބަދަލުވުމުގެ މަރުހަލާ ކުރިއަށްދިއުން ކަމަށް ބެލެވޭ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް