އެމެރިކާގެ ރައީސް ޖޯ ބައިޑެން އަނެއްކާވެސް ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ބައިޑެން އަނެއްކާވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ކޮވިޑަށް ޕޮޒިޓިވްވެ އައިސޮލޭޝަން ނިންމެވިތާ ދުވަސްކޮޅެއް ފަހުންނެވެ.
ވައިޓް ހައުސްގެ ފިޒީޝަން ޑރ. ކެވިން ވިދާޅުވީ ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ބައިޑެންގެ ކިބައިން ފެނިފައިނުވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށް ޑރ. ކެވިން ވިދާޅުވިއެވެ.
މީގެ 9 ދުވަސް ކުރިން ބައިޑެން ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ހާމަކުރައްވާފައިވާއިރު، މިދިޔަ ހަފްތާ ތެރޭގައި ދެފަހަރަށް ކޮވިޑަށް ޓެސްޓުކުރުމުންވެސް ނަތީޖާ ވަނީ ނެގެޓިވް ވެފައެވެ. އަނެއްކާވެސް ކޮވިޑަށް ޕޮޒިޓިވްވުމާއެކު މިހާރު ހުންނެވީ އައިސޮލޭޝަންގައެވެ. އެންމެ މަދުވެގެން 5 ދުވަހު އައިސޮލޭޝަންގައި ހުންނަވާނެ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
 
                             
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
