Advertisement
ކ. މާލެ
|
28 ޖުލައި 2022 | ބުރާސްފަތި 14:40
ތިލަފުށީ ތާރު މަގު
ތިލަފުށީ ތާރު މަގު
ގޫގުލް
ތިލަފުށީ ތާރު މަގު
ކުރީ ސަރުކާރުން 40 މިލިއަން ރުފިޔާ ދީފައި ތިލަފުށީގައި ހެދީ "ޕައިލެޓް" މަގެއް
އެ މަގަކީ ބޭނުންކުރާ މަގެއް ނޫން
އެމަގު ބޭނުންނުކޮށް އޮތީ ނިންމަންޖެހޭ ބައެއް މަސައްކަތްތައް ނުނިމޭތީ
އެޗްޑީސީން ވަނީ ތިލަފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުގެ މަސައްކަތް ފަށަން ނިންމާފައި

ކުރީގެ ރައީސް ޔާމީން އަބްދުލައްގައްޔޫމްގެ ސަރުކާރުގައި ތިލަފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ނަމުގައި ތިލަފުށީގައި ހިންގީ "ޕައިލެޓް" ޕްރޮޖެކްޓެއްކަން ހާމަވެއްޖެއެވެ.

2016 ވަނަ އަހަރު ރައީސް ޔާމީނުގެ ސަރުކާރުން ވަނީ ތިލަފުށި އެކަކާއި އިންޑަސްޓްރިއަލް ޒޯނާ ގުޅާލައި، މަގެއް ހެދުމަށް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައެވެ. އެ މަޝްރޫއުގެ ދަށުން 831.9 މީޓަރު ދިގު އަދި 19.7 މީޓަރު ފުޅާ މަގެއް ހެދުމަށް އަމީން ކޮންސްޓްރަކްޝަނާ ވަނީ ހަވާލުކޮށްފައެވެ. މި މަޝްރޫއު ނިމިފައިވީނަމަވެސް އެ މަގަކީ ބޭނުންކުރާ މަގެއް ނޫން ކަމަށް ތިލަފުށިން "ރާއްޖެއެމްވީ"އާ ވާހަކަދެއްކި ބަޔަކު ވަނީ ބުނެފައެވެ.

މިހާރު ތިލަފުށީގެ ކަންކަން ބަލަހައްޓަމުންދާ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވީ އެއީ ޕައިލެޓް ރޯޑް ޕްރޮޖެކްޓެއް ކަމަށެވެ. އެމަގު ބޭނުން ނުކޮށް އޮތީ ނިންމަންޖެހޭ ބައެއް ކަންކަން ނުނިމޭތީ ކަމަށާއި، މިހާރު އޮތް ޕްލޭންގެ ތެރެއިން އެ މަގު ބޭނުމެއް ނުކުރެވޭނެ ކަމަށް ސުހައިލް ވިދާޅުވިއެވެ.

Advertisement

އެމަގު އެގޮތަށް އޮއްވައި ކުނި މެނޭޖްކުރުމުގެ މަސައްކަތަށް އެ ސަރަހައްދު އެންވަޔަރަންމެންޓް މިނިސްޓްރީއަށް ދީފައިވާކަމަށާއި، އެޗްޑީސީން ހަވާލުވީއިރު އެ މަގު ލީޑްކުރާނެ ތަނެއް އެނގޭ އެއްވެސް ޕްލޭނެއް ނެތް ކަމަށް ސުހައިލް ވިދާޅުވިއެވެ.

ސުހައިލް ވިދާޅުވީ ތިލަފުށީ މަގުތައް ހެދުމުގެ މަަސައްކަތް އެޗްޑީސީން މިހާރު ކުރަމުންދާކަމަށެވެ. އޭގެ ތެރެއިން ކުރީގެ ތިލަފުށިން ގޮސް މިހާރުގެ ތިލަފުއްޓާ ހަމައަށް އޮންނަ މަގެއް ތަރައްގީކުރެވިގެންދާނެ ކަމަށާއި، އެ މަސައްކަތަށް ކޮންޓްރެކްޓަރުން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ސުހައިލް ވިދާޅުވިއެވެ. ސުހައިލް ވިދާޅުވީ ތިލަފުށީ މަގުތައް ހެދުމުގެ މަސައްކަތުގެ ތެރެއިން އެރަށަށް ދިމާވެފައިވާ ނަރުދަމާގެ މައްސަލައާއި، ކަރަންޓުގެ މައްސަލައަށް ހައްލު ގެނެވިގެންދާނެ ކަމަށެވެ.

އެ މަގު ހަދަން ހަވާލުކޮށްފައިވަނީ ހަތް މީޓަރު ފުޅާމިނުގެ ދެ ލޭން ހިމެނޭ ގޮތަށެވެ. ރޭގަނޑު މަގަށް އަލިކުރަން މަގުގެ ކޮންމެ 30 މީޓަރަކުން ސޯލާ ލެޑް ލައިޓް ވެސް ހަރުކުރަން ހަމަޖައްސާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް