ކ. މާލެ
|
24 ޖުލައި 2022 | އާދީއްތަ 05:03
ރޯދަ މަހުގެ ފުރަތަމަ ދުވަހު މާލޭގެ މަގުމަތި
ރޯދަ މަހުގެ ފުރަތަމަ ދުވަހު މާލޭގެ މަގުމަތި
ރާއްޖެއެމްވީ
ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީސް
ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަ ހުށަހެޅުމަށް ހިލޭ ގުޅޭ ނަންބަރެއް ގާއިމްކޮށްފި
މި ހޮޓްލައިން ނަންބަރުގެ ބޭނުމަކީ އާންމުންނަށް އެ އޮފީހަށް މައްސަލަތައް ފަސޭހަކަމާއެކު ހުށަހެޅޭނެ އިންތިޒާމެއް ހަމަޖެއްސުން

ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހަށް މައްސަލަ ހުށަހެޅުމަށް ހިލޭ ގުޅޭ ނަންބަރެއް އިފްތިތާހުކޮށްފިއެވެ.

އެ އޮފީހުން ބުނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީސް އުފެދި އެ އޮފީސް ވުޖޫދުވިތާ 2 އަހަރު ވެއްޖެ ކަމަށެވެ. އެ އޮފީހުގެ މައިގަނޑު މަސްއޫލިއްޔަތުތަކަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި، އދ ގެ ކުޑަކުދިންގެ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ މުއާހަދާއަށް ދައުލަތުގެ މުއައްސަސާތައް އަމަލުކުރާ މިންވަރު ދެނެގަތުމާއި، ދިވެހިރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމުގައި ހަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުން މޮނިޓަރުކޮށް، އިވެލުއޭޓްކުރުމާއި، ދިވެހިރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމުގައި ހަަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުންގެ އަމަލުތައް ތަހުގީގުކޮށް މުތާލިއާކުރުން ކަމަށެވެ.

އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، އެ އޮފީހުގެ ރަސްމީ ހިލޭ ގުޅޭ ނަންބަރުގެ ގޮތުގައި 1656 ވަނީ އިފްތިތާހުކޮށްފައެވެ. އަދި މި ހޮޓްލައިން ނަންބަރުގެ ބޭނުމަކީ އާންމުންނަށް އެ އޮފީހަށް މައްސަލަތައް ފަސޭހަކަމާއެކު ހުށަހެޅޭނެ އިންތިޒާމެއް ހަމަޖެއްސުން ކަމަށް ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ވަނީ ބުނެފައެވެ.

Advertisement

އެ އޮފީހުން ތަހުގީގުކުރާނީ ކުޑަކުދިންގެ މަސްލަހަތު ހިމެނޭ މަސައްކަތްކުރާ ދައުލަތުގެ އިދާރާތަކާއި، އެ އިދާރާތަކުގެ މުވައްޒަފުންގެ އިހުމާލެއް އޮތްކަމަށް ބެލެވޭ މައްސަލަތައް ކަމަށް ބުނެފައިވެއެވެ. އަދި އެ އޮފީހަށް ކާކުކަން ނޭނގޭނެހެން ވެސް މައްސަލަ ހުށަހެޅިދާނެ ކަަމަށް ބުނެފައެވެ.

އަދި އެ އޮފީހަށް މައްސަލަ ހުށަހެޅޭނެ ގޮތަކީ ހިލޭ ގުޅޭ ނަންބަރު 1656 ގުޅައިގެންނާއި، އީމެއިލް ކޮށްގެން އަދި މައްސަލަ ހުށަހަޅާ ފޯމް މެދުވެރިކޮށްގެންނާއި ސިޓީ މެދުވެރިކޮށް އަދި އޮފީހަށް ހާޒިރުވެގެން ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް