ހދ. ހިރިމަރަދޫގައި މިހާރު ކުރިއަށްދާ ޑޮމިނޭޓަރސް ފުޓްސަލް ކަޕް 2022ގައި ކުޅުނު ދެވަނަ މެޗުވެސް ހަރިކޭން ކާމިޔާބުކޮށްފިއެވެ.
ޔެޓީއާ ވާދަކުރި މި މެޗު ހަރިކޭންއިން ކާމިޔާބުކުރީ 3-2ންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ހަރިކޭންގެ އިބްރާހީމް އަޝްފާގްއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އެފްސީ ހިރިއާ ވާދަކޮށް ހަރިކޭން މޮޅުވީ 5-4ންނެވެ.
މިއަދުގެ ދެވަނަ މެޗުގައި ބައްދަލުކުރީ ޓީމް ރޯޔަލްއާއި އެފްސީ ހިރިއެވެ. މި މެޗު 6-2ން ކާމިޔާބުކުރީ އެފްސީ ހިރިއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އެފްސީ ހިރީގެ އަހުމަދު ނަދީމްއެވެ.
ހަތަރު ޓީމު ވާދަކުރާ މުބާރާތުގެ ފައިނަލަށް ދަތުރުކުރާނީ ލީގުބުރެއް ކުޅުމަށްފަހު އެންމެ މަތިން ޕޮއިންޓު ހޯދާ ދެޓީމެވެ. ފައިނަލް މެޗު އޮންނާނީ މި މަހުގެ 24 ވަނަ ދުވަހުއެވެ.