ކ. މާލެ
|
24 ޖުލައި 2022 | އާދީއްތަ 21:24
މުބާރާތުގެ ޗެމްޕިއަން ޓީމް ހަރިކޭން
މުބާރާތުގެ ޗެމްޕިއަން ޓީމް ހަރިކޭން
ރާއްޖެއެމްވީ
ޑޮމިނޭޓަރސް ފުޓްސަލް ކަޕް
ޑޮމިނޭޓަރސް ފުޓްސަލް ކަޕްގެ ޗެމްޕިއަންކަން ހަރިކޭންއަށް
ޑޮމިނޭޓަރސްއިން ވަނީ މިއަންނަ އަހަރުވެސް މި މުބާރާތް ބޭއްވުމަށް ނިންމާފައި
ހަރިކޭންއިން މުބާރާތް ކާމިޔާބުކުރީ ފައިނަލް މެޗުގައި 9-2ން ޔެޓީ ބަލިކޮށްގެން

ހދ. ހިރިމަރަދޫގައި ކުރިއަށް ގެންދިޔަ ޑޮމިނޭޓަރސް ފުޓްސަލް ކަޕް 2022ގެ ޗެމްޕިއަންކަން ހަރިކޭންއިން ހޯދައިފިއެވެ.

ހަރިކޭންއިން މުބާރާތް ކާމިޔާބުކުރީ ފައިނަލް މެޗުގައި 9-2ން ޔެޓީ ބަލިކޮށްގެންނެވެ. މުބާރާތުގެ ފެއަރ ޕްލޭ ޓީމަކީވެސް ހަރިކޭންއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ހަރިކޭންގެ އިބްރާހީމް އަޝްފާގުއެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީވެސް މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި އަޝްފާގުއެވެ. އޭނާގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ; ހަރިކޭންގެ އަލީ ރިފްއަތުއާއި އަހުމަދު އާފާގުގެ އިތުރުން ޔެޓީގެ އަހުމަދު މުހައްމަދުއާއި ހަސަން ފިރުޝާންއެވެ. މުބާރާތުގެ ފެއަރ ޕްލޭ ކުޅުންތެރިއަކީ ހަރިކޭންގެ މުހައްމަދު އަޝްރަފްއެވެ. އެންމެ މޮޅު ކޯޗަކީ ހަރިކޭންގެ ކޯޗު ތޯހާ ވަހީދުއެވެ.

ޑޮމިނޭޓަރސްއިން ވަނީ މިއަންނަ އަހަރުވެސް މި މުބާރާތް ބޭއްވުމަށް ނިންމާފައެވެ. މިއަންނަ އަހަރު މުބާރާތް ފެށުމަށް ތާވަލުކޮށްފައިވަނީ ޖުލައި އަށްވަނަ ދުވަހުއެވެ.

- ކޮމެންޓް