ކ. މާލެ
|
19 ޖުލައި 2022 | އަންގާރަ 19:20
ރަޝިއާގެ ރައީސް ލެޑްމިއަރ ޕުޓިން
ރަޝިއާގެ ރައީސް ލެޑްމިއަރ ޕުޓިން
ގެޓީ އިމޭޖަސް
ޕުޓިން އީރާނަށް ވަޑައިގަތުން
ހަނގުރާމަ ފެށުނު ފަހުން ފުރަތަމަ ފަހަރަށް ޕުޓިން ގައުމުން ބޭރަށް ވަޑައިގަންނަވައިފި
ޕުޓިންގެ މިދަތުރުފުޅުގައި ތުރުކީގެ ރައީސް ތައްޔިބު އުރުދުޣާނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައި
މިދަތުރުފުޅުގައި އެމަނިކުފާނު އީރާންގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީއާ ބައްދަލުކުރައްވާނެ
ޕުޓިން ވަނީ އަންގާރަ ދުވަހު އީރާނުގެ ވެރިރަށް ތެހްރާނަށް ވަޑައިގަންނަވާފައި

ރަޝިއާ ޔޫކްރެއިން ހަނގުރާމަ ފެށުނުފަހުން ފުރަތަމަ ފަހަރަށް ރައީސް ލެޑްމިއަރ ޕުޓިން ގައުމުން ބޭރަށް ވަޑައިގަންނަވައިފިއެވެ.

ރަޝިއާގެ ރައީސް ވަނީ އަންގާރަ ދުވަހު އީރާންގެ ވެރިރަށް ތެހްރާނަށް ވަޑައިގަންނަވާފައެވެ. މިދަތުރުފުޅުގައި އެމަނިކުފާނު އީރާންގެ ސުޕްރީމް ލީޑަރު އާޔަތުއްﷲ އަލީ ޚާމަނާއީއާ ބައްދަލުކުރައްވާނެއެވެ.

ޕުޓިން އީރާނަށް ކުރައްވާ މިދަތުރުފުޅުގައި ހަނގުރާމަ ފެށުނުފަހުން ފުރަތަަމަ ފަހަރަށް ނޭޓޯގެ ގައުމުގެ ލީޑަރަކާވެސް ބައްދަލުކުރައްވާނެއެވެ. އެގޮތުން މިދަތުރުފުޅުގައި ތުރުކީގެ ރައީސް ތައްޔިބު އުރުދުޣާނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އުރުދުޣާނާއެކު ބައްދަލުކުރައްވައި، ބްލެކްސީ މެދުވެރިކޮށް ޔޫކްރެއިންގެ ގޮވާން އެކްސްޕޯޓްކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ސީރިއާގައި ސުލްހަ ގާއިމުކުރުމާ ގުޅޭގޮތުންވެސް މަޝްވަރާތައް ކުރިއަށްގެންދަވާނެކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

އީރާނަށް ޕުޓިން ކުރައްވާ ދަތުރުފުޅަކީ، ރަޝިއާއިން ޗައިނާ، އިންޑިއާ، އަދި އީރާނާއެކު ގުޅުން ވަރުގަދަކުރުމަށް މަސައްކަތްކުރާކަމުގެ ހެތްކެއްކަމަށް ބޭރުގެ މީޑިއާތަކުން ފާހަގަކުރެއެވެ.

ޕުޓިންގެ މިދަތުރުފުޅަކީ ވަރަށް ރަނގަޅު ވަގުތެއްގައި ކުރައްވާ ދަތުރުފުޅެއްކަމަށް މީޑިއާތަކުން ފާހަގަކުރެއެވެ. އެގޮތުން ރަޝިއާއާއި އީރާނަކީވެސް މިވަގުރު ހުޅަނގުގެ ގިނަ ގައުމުތަކަކުން ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައިވާ ދެގައުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް