ކ. މާލެ
|
9 ޖުލައި 2022 | ހޮނިހިރު 00:46
ކ. ދިއްފުށީގެ، ޢީދު ވެދުމާ ދިއުން
ކ. ދިއްފުށީގެ، ޢީދު ވެދުމާ ދިއުން
ރާއްޖެއެމްވީ
ޢިދު އުފާ 1443، ކ. ދިއްފުށި
ދިއްފުށީގެ ޢީދު ހަރަކާތްތައް ފަށައިފި
ހަރަކާތްތައް ފެށުމުގެ ގޮތުން ހުކުރު ދުވަހުގެ ރޭ ވަނީ ޢީދު ވެދުމާ ގޮސްފައި
ޢީދު ވެދުމާ ދިއުމަކީ ހަރަކާތްތައް ފެށުމަށް ހުއްދަ ހޯދުން

ކ. ދިއްފުށީގެ ޢީދު ހަރަކާތްތައް ރަސްމީކޮށް ފަށައިފިއެވެ.

މި ހަރަކާތްތައް ފެށުމުގެ ގޮތުން ހުކުރު ދުވަހުގެ ރޭ ވަނީ ޢީދު ވެދުމާ ދިއުން ބާއްވައިފައެވެ. މިއީ ޢީދުގެ ހަރަކާތްތައް ފެށުމުގެ ގޮތުން އެ ރަށުގެ އެންމެ އިސް ފަރާތް، ރަށު ކައުންސިލް ރައީސްގެ ހުއްދަ ހޯދުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ.

ދިއްފުށީގެ ޢީދު ވެދުމާ ދިއުމުގެ ހަރަކާތުގައި އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ. ޢީދު ވެދުމާ ދިއުމުގެ ތެރޭގައި ދަފި ނެގުމުގެ ހަރަކާތްތައް ވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.

މީގެ އިތުރުން ހަވާ އެރުވުމާއި ބޮޑުބެރުގެ ހަރަކާތްތައް ވެސް ވަނީ ހުކުރު ދުވަހުގެ ރޭ ކުރިއަށްގެންގޮސްފައެވެ.

މިއަހަރުގެ އަޟްހާ ޢީދު އެންމެ ކުލަގަދަކޮށް ފާހަގަ ކުރާ އެއް ރަށަކީ ދިއްފުއްޓެވެ. އެ ރަށުގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ފެން ކުޅި ކުޅުމާއި ސްޓޭޖް ޝޯ އާއި މާލި ޕެރޭޑާއި ކުޑަކުދިންގެ ހަވީރާއި ސަގާފީ ހަރަކާތްތަކުގެ އިތުރުން ބަށި މުބާރާތަކާއި އަންހެނުންގެ އެކުވެރިކަމުގެ ފުޓްސަލް މުބާރާތެއް ވެސް ކުރިއަށްދާނެއެވެ.

ދިއްފުށީގެ އަޟްހާ ޢީދުގެ ހަރަކާތްތައް ހުކުރު ދުވަހުން ފެށިގެން ޖުލައި 18 އާ ހަމައަށް ކުރިއަށްދާނެއެވެ.

ދިއްފުށީގެ މިއަހަރުގެ ޢީދު ހަރަކާތްތަކުގެ މީޑިއާ ޕަރޓްނަރަކީ ރާއްޖެ ޓީވީއެވެ.

- ކޮމެންޓް