Advertisement
ކ. މާލެ
|
13 ޖޫން 2017 | އަންގާރަ 16:21
ގަތަރުގެ ސަފީރާއި ރައީސް ނަޝީދު ބައްދަލުކުރެއްވުން
ގަތަރުގެ ސަފީރާއި ރައީސް ނަޝީދު ބައްދަލުކުރެއްވުން
ޓްވިޓަރ
ގަތަރު-ރާއްޖެ
ގަތަރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި ރައީސް ނަޝީދު ބައްދަލުކުރައްވައިފި
ރާއްޖޭން ގަތަރާ ގުޅުން ކަނޑާލީ ގުޅުންބަދަހި ކުރަން މަޝްވަރާ ކުރިތާ 13 ގަޑިއިރު ފަހުން
ގަތަރާއެކު ސިޔާސީ ގުޅުން ކަނޑާލިޔަސް އިގްތިސޯދީ ގުޅުން ކަނޑާނުލާ
ގަތަރާއި ގުޅުން ކަނޑާލީ ޓެރަރިޒަމުން ސަލާމަތް ވުމަށް ކަމަށްބުނެ

ގަތަރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރ ރާޝިދު ޝަފީއީ އަލް މައްރި އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައްދަލުކުރައްވައިފިއެވެ.

 

ސްރީ ލަންކާގައި ބޭއްވި މިބައްދަލުކުރެއްވުމުގައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއިން ގަތަރާ ގުޅުން ކަނޑާލާފައިވާއިރު އެކަމުންވެސް ދޭހަވި އެއް ކަމަކީ ރައީސް އަބްދުﷲ ޔާމިންގެ އެއްވެސް ބާރެއް މި ނިންމުމުގައި ނެތް ކަން ކަމަށެވެ.

 

މިގޮތަށް ސަރުކާރުން ނިންމި ކަމުގައިވީ ނަމަވެސް ދިވެހި ރައްޔިތުން ތިބީ ގަތަރާ އެކުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

 

ޓެރަރިޒަމުން ސަލާމަތް ވުމަށް ކަމަށް ބުނެ ގަތަރާ ގުޅުން ކަނޑާލުމާ ގުޅިގެން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

ފޮރިން މިނިސްޓްރީން ބުނެފައިވަނީ ގަތަރު ރައްޔަތުންނަށް ރާއްޖެ އައުމަށް އެއްވެސް ހުރަހެއް ނެތްކަމަށާއި ރާއްޖޭގައި އުޅުމަށްވެސް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

 

ގަތަރު އަދި ރާއްޖެއާ އޮތް ސީޔަސީ ގުޅުން ކަނޑާލި ކަމުގައިވީނަމަވެސް އާންމު ފަރުދުންގެ މެދުގައި ހިނގާ މުއާމަލާތްތަކަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ. މީގެއިތުރުން ފޮރިން މިނިސްޓްރީން ބުނީ ގަތަރާއެކު ރާއްޖެއިން ބާއްވާ އިގްތިސޯދީ ގުޅުން ކަނޑާނުލާ ކަމަށާއި، އެ ގުޅުން އޮންނާނެ ކަމަށެވެ. އެގޮތުން އެ ގުޅުން ބަދަހިކުރަންވެސް މަސައްކަތްކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

 

ގަތަރާއެކު ރާއްޖޭން ގުޅުން ކަނޑާލާފައި ވަނީ ދެ ގައުމުގެ ގުޅުން ރަނގަޅު ކުރުމަށް މަޝްވަރާ ކުރެވުނުތާ 13 ގަޑިއިރު ފަހުންނެވެ. ސައުދީ އަރަބިއްޔާގެ ފަހަތުން އަރަބި ހަ ގައުމެއް ގަތަރާ ގުޅުން ކަނޑާލާފައިވާއިރު، އަރަބި ދުނިޔޭގައި ނުހިމެނޭ ގައުމަކަށް ގަތަރާ ގުޅުން ކަނޑާލާފައި ވަނީ ރާއްޖޭން އެކަންޏެވެ.

 

ރާއްޖޭން ގަތަރާ ގުޅުން ކަނޑާލިއިރު، މި އަހަރު ރާއްޖޭގެ އިންވެސްޓްމެންޓް ފޯރަމް ބޭއްވުމަށް ހަމަޖައްސާފައި ވަނީ ވެސް ގަތަރުގަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް