ކ. މާލެ
|
12 ޖޫން 2022 | އާދީއްތަ 20:00
ބިންތިރި ޕެސިފިކް ޖަޒީރާ އެއް
ބިންތިރި ޕެސިފިކް ޖަޒީރާ އެއް
ގެޓީ އިމޭޖަސް
މޫސުމީ ކާރިސާތައް
މޫސުމަށް އަންނަ ބަދަލު ގެ ސަބަބުން ކުރިމަތިވާ ނުރައްކާ، ހަނގުރާމައަކުން ކުރިމަތިވާ ނުރައްކަލަށްވުރެ ބޮޑު : ފީޖީ
ސިންގަޕޫރުގައި ކުރިޔަށްދާ އޭޝިއަން ސެކިއުރިޓީ ސަމިޓްގައި، މޫސުމީ ގޮންޖެހުންތަކާބެހޭގޮތުން ވެސް ބައިވެރިން ވާހަކަދައްކަވާފައިވޭ

ޕެސިފިކް ސަރަހައްދަށް އަސްކަރީގޮތުން ކުރިމަތިވެފައިވާ ނުރައްކަލަށްވުރެ މޫސުމީ ގޮންޖެހުންތައް މާ ނުރައްކާކަމަށް، ޕެސިފިކް ގައުމެއްކަމަށް ވާ ފީޖީން ބުނެފިއެވެ. ސިންގަޕޫރުގައި ކުރިޔަށްދާ އޭޝިއަން ސެކިއުރިޓީ ސަމިޓްގައި ވާހަކަދައްކަވަމުން ފީޖީގެ ޑިފެންސް މިނިސްޓަރ އިނިއާ ސެރުއިރަޓު ވިދާޅުވީ، މެޝިންބަޑިއާއި ހަނގުރާމައިގެ ޖެޓްތަކަކީ ސެކިއުރިޓީ ގޮތުން ފީޖީން މިވަގުތު އެންމެ އިސްކަންދޭ ކަންކަން ނޫންކަމަށެވެ.

ތޫފާންތައް އަރައި ފެންބޮޑުވެ، އުމްރާނީ ބޮޑެތި ގެއްލުންތައް ލިބުން ވަނީ ފިޖީއާއި އެހެންވެސް ބިންތިރި ޕެސިފިކް ޖަޒީރާތަކުން އާންމުކޮން ކުރިމަތިލާން ޖެހިފައިވާ ކަމަކަށް ވެފައެވެ. ފެންބޮޑުވުމުގެ ސަބަބުން މީހުން އެހެން ތަންތަނަށް ބަދަލުވާންޖެހުމަކީ އިގުތިސާދީގޮތުންވެސް ވަރަށް ބޮޑު ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކަމެކެވެ. ފީޖީގެ މިނިސްޓަރ ވިދާޅުވީ އެފަދަ މޫސުމީ ކާރިސާތަކުގެ ސަބަބުން އާންމު ރައްޔިތުން ތަނަވަސް ދިރިއުޅުމަކަށް ކުރާ އުންމީދުތައް ވިއްސި ވިހާލި ކޮށްލައި، ތަރައްގީއަށް ވަރަށް ބޮޑަށް ގޮންޖެހުން ކުރިމަތިވެފައިވާ ކަމަށެވެ. މިއީ އިންސާނުންގެ އަތުން ކުރާ ކަންތައްތަކެއްގެ ސަބަބުން ކުރިމަތިވާ ކާރިސާތަކެއްކަމަށާއި، އެކަންކަން ހުއްޓާލަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. ޚާއްސަކޮން ފޮސިލް ފިއުލް އެންދުން ހުއްޓާލަންޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.

ބޮޑެތި ރާޅުތައް ގޭދޮރުމައްޗަށް ބިންދަމުންދާއިރު ގަދަ ވައިގެ ތޫފާންތައް ގެދޮރު ހަލާކު ކުރަމުން ދާކަމަށާއި މޫސުމީ ދުޝްމަނުން ވަށައިގެން ހުރިހާ ދިމާއަކުން ހަމަލާދެމުންދާކަމަށް ފީޖީގެ މިނިސްޓަރު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް