ކ. މާލެ
|
21 މެއި 2022 | ހޮނިހިރު 18:26
ކުއީން އެލިޒަބެތު
ކުއީން އެލިޒަބެތު
ކުއީން އެލިޒަބެތުގެ ހެދުން އެޅުއްވުން
ކުއީން އެލިޒަބެތުގެ ތަފާތު ފެޝަން ސްޓައިލް އަށް ނަޒަރެއް
އެކަމަނާ ހެދުން އަޅުއްވާ ގޮތް ވަރަށް ތަފާތު
އެކަމާގެ ހެދުންކޮޅުތައް އަބަދުވެސް އެއްގޮތަކަށް ސްޓައިލްކުރައްވާކަން ފާހަގަވޭ
އެކި ހަފްލާތަކަށް ވަޑައިގަންނަވާއިރު އެކަމަނާ ތުރުކުރައްވަނީ އެކި ކުލަކުލައިގެ ހެދުން

ކުއީން އެލިޒަބެތު 2 އަކީ ވަރަށްވެސް ތަފާތު ޝަޚްސިއްޔަތެކެވެ. ކުއީންގެ ފަރާތުން ޚާއްސަ އެތައް ކަމެއް ފާހަގަކޮށްލެވެއެވެ. ވަކިން ޚާއްސަކޮށް އެކަމަނާ ހެދުން އަޅުއްވާ ގޮތް ފާހަގަކޮށްލެވެއެވެ. އެކަމަނާ ހެދުން އެޅުއްވުމުގައި ގެންގުޅުއްވަނީ އަމިއްލަފުޅު އެއް ސްޓައިލެކެވެ. އެއީ އެހެން ފެޝަން ސަޓައިލް ތަކާ ތަފާތު ސްޓައިލެކެވެ. އަބަދުވެސް ކުއީން ގެ އަމިއްލަފުޅު ސްޓައިލްއަށް ހެދުން އަޅުއްވާކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.

މިގޮތުން ކޮންމެ ހެދުން ކޮޅަކާއެކު ތޮފިކޮޅެއް ބޭނުން ކުރެއްވުމާއި، ހެދުންކޮޅާ އެއްކުލައަކުން ފަހާފައިވާ ކޯޓް ކޮޅަކާއި، ކަޅުކުލައިގެ ކުޑަކޮން ފުންނާބު އުސް ފައިވާންޖޯޑު ކޮޅު އަދި ގަހަނާތައް ގިނަ ބަޔަކަށް ފާހަގަކޮށްލެވެއެވެ. އެއްގޮތް ސްޓައިލަކަށް ހެދުން ތުރުކުރެއްވި ނަމަވެސް އެކަމަނާގެ ކޮންމެ ހެދުން ކޮޅެއްވެސް އެއްހެދުންކޮޅާ އަނެއް ހެދުންކޮޅު ވަރަށް ތަފާތެވެ. މިގޮތުން އަލިގަދަ ކުލަ ކުލައިގެ ހެދުންކޮޅު ތުރުކުރެއްވުމާއި، ތަފާތު ގޮތްގޮތަށް ހުންނަ ތޮފިކޮޅު އަޅުއްްވައެވެ.

އެކަމަނާގެ ހެދުން އެޅުއްވުމާއި ގުޅޭގޮތުން "އެޗްއާރުއެޗް ސޯ މެނީ ތޯޓްސް އޮން ރޯޔަސް ސްޓައިލް" ލިޔުއްވި ނޫސްވެރިޔާ އަދި ލިޔުންތެރިޔާ އެލިޒަބެތް ހޯމްސް ބުނީ ކުއީން ކާރަކުން ފައިބާވަޑައިގަންނަވާއިރަށް އެންމެންގެ ލޯތައް ވެސް ހުއްޓިގެންދާނީ އެކަމަނާ ތުރުކުރައްވައިގެން ހުންނަވާ ހެދުން ކޮޅަށް ކަމަށެވެ. އެނާ ބުނީ ހުރިހާ އެންމެންވެސް ކުއީން ދެކިލުމަށް ބޭނުންވާ ކަމަށާއި، އެކަމަނާ އެއްވެސް އެއްޗެއް ވިދާޅުނުވިޔަސް ތުރުކުރައްވައިގެން ހުންނަވާ ހެދުންކޮޅުން ހުރިހާ ވާހަކަތަކެއް ކިޔައިދޭނެ ކަމަށް އޭނާ ބުނެފައިވެއެވެ.

ކުއީންގެ ހެދުންތައް ސްޓައިލްކުރާއިރު އެކަމަށް ވަރަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް އަހަރެން ގަބޫލުކުރަން. ކުއީން ކާރުކޮޅުން ފައިބައިވަޑައިގަންވާއިރު އެންމެންގެ ލޯތައް ގޮސް ހުއްޓޭނީ އެކަމަނާ ތުރުކުރައްވައިގެން ހުންނަވާ ހެދުމަށް. އެންމެންވެސް ކުއީން ދެކޮލަން ބޭނުންވޭ.
އެލިޒަބެތް ހޯމްސް

ވަކިން ޚާއްސަކޮށް ތަފާތު ކުލަތަކުގެ ހެދުންކޮޅުތައް ތުރުކުރައްވާތީ އެކަމަނާ ފާހަގަކޮށްލެވޭއިރު، މާމަދަރިކަލުން ކަމަށްވާ ޕްރިންސް ވިލިއަމް އަދި ހެރީގެ ކައިވެންޏަށް ވަޑައިގެންނެވުމަށް އެކަމަނާ ތުރުކުރެއްވީ ކޭނެރީ ރީނދޫ އަދި އަލި ފެހި ކުލައިގެ ދެ ހެދުން ކޮޅެވެ. ރޯޔަލް އެސްކޮޓްގައި ކުރިއަށްދިޔަ ހޯސް ރޭސިންއަށް ތުރުކުރެއްވީ ދަނބު ކުލައާއި ފިޔާތޮށި ކުލައެވެ. މީގެ އިތުރުން ރަސްމީކޮށް ތަންތަނަށް ވަޑައިގަންނަވާއިރު އެކަމަނާ އާންމުގޮތެއްގައި ތުރުކުރައްވަނީ ރަތާއި، އަލި ނުލާއި، އޮރެންޖު ކުލައެވެ.

އެކަމަނާ ރާނީކަމާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަސްވަރުގައި އެކަމަނާގެ ހެދުންކޮޅުތައް ޑިޒައިންކޮށްދީފައިވަނީ ރޯޔަލް ޑިޒައިނަރުން ކަމަށްވާ ހާރޑީ އޭމީސް އަދި ނޯރމަން ހާރޓްނެލްއެވެ. ވަރަށް ފަހަކުން އެކަމަނާގެ ވަރޑްރޯބް ޕްލޭން ކުރަން ފެއްޓެވީ ޕަރސަނަލް އެސިސްޓެންޓް، އަދި އެޑްވައިޒަރ އެންޖެލާ ކެލީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް