ކ. މާލެ
|
20 މެއި 2022 | ހުކުރު 13:28
ޕްލެޓިނަމް ޖުބިލީއަށް ރާނީގެ ގާޑުން ތައްޔާރުވަނީ
ޕްލެޓިނަމް ޖުބިލީއަށް ރާނީގެ ގާޑުން ތައްޔާރުވަނީ
ރޮއިޓާރސް
ރާނީގެ ޕްލެޓިނަމް ޖުބިލީ
ރާނީގެ ގާޑުން ފައިނަލް ރިހާސަލް ބާއްވައިފި
އާންމުންގެ މެދުގައި މަޝްހޫރުކަން ހޯދާފައިވާ ކުލަތަކުގެ ޔުނީފޯމާއި ޚިލާފަށް މިފަހަރު ގާޑުން ތިބީ ވަޅުފެހި ކުލައިގައި ފެހި ކޯޓެއް ލައިގެން

އިނގިރޭސި ރާނީގެ ޕްލެޓިނަމް ޖުބިލީ ފާހަގަކުރުމަށް ތައްޔާރުވަމުން އަންނަ އިރު، އެކަމަނާގެ ގާޑުން އެންމެ ފަހުގެ ރިހާސަލް ބާއްވައިފިއެވެ.

ރާނީ އެލިޒަބަތުގެ ޕްލެޓިނަމް ޖުބިލީ ފާހަގަކުރާނީ އަންނަ މަހުގައެވެ. އަދި މިއާއެކު އެކަމަނާގެ ހަށިކޮޅުގެ ރައްކާތެރިކަން ބަލަހައްޓާ ގާޑުން ވަނީ އެމީހުންގެ ފައިނަލް ރިހާސަލް ބުރާސްފަތި ދުވަހު ބާއްވާފައެވެ.

ހައުސްހޯލްޑް ޑިވިޝަންގައި ހިމެނޭ ފައިމަގުގައި އުޅޭ މަޝްހޫރު ރަތްކުލައިގެ ކޯޓުލާ ގާޑުންނާއި، ހަތިޔާރާއެކު ހަރަކާތްތެރިވާ ގާޑުން އެއްވެގެން ބާއްވާފައިވަނީ ރާނީގެ އުފަންދުވަހުގެ ޕެރޭޑުގެ ރިހާސަލެކެވެ. އެމީހުން މިފަހަރު ލައިގެން ތިބީ ތަފާތު ކުލަތަކެއްގެ ކޯޓެވެ.

އާންމުންގެ މެދުގައި މަޝްހޫރުކަން ހޯދާފައިވާ ކުލަތަކުގެ ޔުނީފޯމާއި ޚިލާފަށް މިފަހަރު ގާޑުން ތިބީ ވަޅުފެހި ކުލައިގައި ފެހި ކޯޓެއް ލައިގެންނެވެ.

ޕްރޭޑުގައި ތިބޭނީ ފައިމަގުގައި ތިބޭ ގާޑުންނާއި، އެމީހުންގެ ފަހަތުން އަހުގައި ތިބޭ ގާޑުންނާއި، އެމީހުންގެ ފަހަތުން ބޮޑުބަޑި ހިފައިގެން ތިބޭ ރަސްގެފާނުގެ ގާޑުންނެވެ. އެމީހުން ޕެރޭޑުގައި ފުރަތަމަ ބޮޑު ހަނގުރާމައިގައި ބޭނުންކުރި ބޮޑު ބަޑިތައް ހިފައިގެން ތިބެ ސެލިއުޓަކާއެކު ޕެރޭޑުގައި ކުރިއަށްދާނެއެވެ.  

މި ޕެރޭޑް ކުރިއަށްދާއިރު، ބޭންޑުގެ ފަރާތުން މިއުޒިކް ކުޅެމުންދާއިރު، އަސްތަކުގެ މަތީގައި ވެސް އާލާތްތަކާއެކު ބޭންޑުގެ މެންބަރުން ކުރިއަށްދާތަން ފެނިގެންދާނެއެވެ.

ރާނީގެ ޕްލެޓިނަމް ޖުބިލީއަކީ އެކަމަނާ ތަހުތަށް އިސްކުރެވުނުތާ 70 އަހަރު ފާހަގަކުރުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް