ކ. މާލެ
|
19 މެއި 2022 | ބުރާސްފަތި 22:59
އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝް
އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝް
ރޮއިޓަސް
އެމެރިކާގެ ރައީސް ޖޯޖް ޑަބްލިއު ބުޝް
އަނގައޮޅިގެން ބުޝްއަށް ވިދާޅުވެވުނު ބަސް އެމެރިކާއަށް މަޖާވިނަމަވެސް، އިރާގުން އައީ ރުޅި
ބުޝްގެ ވެރިކަމުގައި އިރާގުގައި ހަތިޔާރު އުފައްދާކަމަށް ބުނެ، 2003 ވަނަ އަހަރު އެމެރިކާއިން ވަނީ އިރާގަށް އަރާފައި
ޔޫކްރެއިނޭ ވިދާޅުވާން އުޅެފައި ބުޝްއަށް ވިދާޅުވެވުނީ، އިރާގުގައި ކުރިއަށް ގެންދާ ކަންކަމަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫންކަމަށް

އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝްއަށް އޮޅިގެން ބުނެވުނު ބަސް, އެމެރިކާގެ ރައްޔިތުންނަށް މަޖާވިނަމަވެސް އިރާގުގެ ރައްޔިތުންނަކަށް އެ ބަސް މަޖަލެއް ނުވިއެވެ.

މިހާރު ކުރިއަށްދާ ޔޫކްރެއިން ރަޝިއާ ހަނގުރާމައާ ގުޅޭގޮތުން ވާހަކަދައްކަވަމުން، ރަޝިއާއިން ކުރިއަށް ގެންދާ ކަންތައްތަކަކީ ބަލައިގަނެވޭނެ ކަންކަން ނޫން ކަމަށް ވިދާޅުވެ، ބުޝްއަށް ވިދާޅުވެވުނީ އިރާގުގައި ކުރިއަށް ގެންދާ ކަންކަމަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫންކަމަށެވެ. އަދި އެއަށްފަހު ވިދާޅުވީ، އެހެން ވިދާޅުވެވުނީ އޮޅިގެން ކަމަށާއި، މިދައްކަވަނީ ޔޫކްރެއިންގެ ވާހަކަ ކަމަށެވެ.

ބުދަ ދުވަހު ޑަލަސްގައި ވާހަކަދައްކަވަމުން ބުޝްއަށް އެހެން ވިދާޅުވެވުމުން، މުސްކުޅި އުމުރުގެ ސަބަބުން އެކަހަލަ ކުއްތައް ކިޔޭ ކަމަށް ވިދާޅުވުމުން އޯޑިއަންސްގައި ތިބި މީހުންނަށް އެކަން ވީ މަޖާކަމަކަށެވެ.

ނަމަވެސް މިކަންތައް އިރާގުގެ ރައްޔިތުންނަށް މަޖާކަމަކަށް ނުވިއެވެ.

ބުޝްގެ ވެރިކަމުގައި 2003 ވަނަ އަހަރު އެމެރިކާއިން ވަނީ (އިރާގުގައި ހަތިޔާރު އުފައްދާކަމަށް ބުނެ) އިރާގަށް އަރާފައެވެ. އެމެރިކާއިން އިރާގަށް އަރައި ހިންގި އޮޕަރޭޝަން ދިގު މުއްދަތަކަށް ދެމިގެން ދިޔަ އިރު، އެގައުމުގެ އެތައް ހާސް މީހުން މަރުވެ، އެތައް ބައެއްގެ ގެދޮރު ވަނީ ގެއްލިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް