ކ. މާލެ
|
9 ޖޫން 2017 | ހުކުރު 15:33
ޓޮޓެންހަމްއަށް ކުޅެމުން އަންނަ އިނގިރޭސި ކުޅުންތެރިޔާ ހެރީ ކޭން
ޓޮޓެންހަމްއަށް ކުޅެމުން އަންނަ އިނގިރޭސި ކުޅުންތެރިޔާ ހެރީ ކޭން
ސްކައި ނިއުސް
ފުޓުބޯޅަ
ކޭން ބޭނުން ވަނީ ރޮނާލްޑޯއާ އެއް ލެވަލްއަކަށް އަންނަން
ކޭން ވަނީ ޕްރެމިއާ ލީގުގެ ދެވަނަ ޓޮޓެންހަމް އަށް ހޯދައިދުނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ
އޭނާ ވަނީ ލީގުގައި އެންމެ ގިނަ ގޯލު ކާމިޔާބުކޮށްގެން ރަންބޫޓޫ ވެސް ޙާސިލް ކޮށްފައި

ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅެމުން އަންނަ އިނގިރޭސި ކުޅުންތެރިޔާ ހެރީ ކޭން ބޭނުންވަނީ، ކްރިސްޓޮއާނޯ ރޮނާލްޑޯ އާއި މެސީއާ އެކު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނެން ކަމަށް އޭނާ ބުނެފިއެވެ.

ޓޮޓެންހަމް ހޮޓްސްޕާއަށް ޕްރެމިއާ ލީގުގެ ދެވަނަ ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްދީފައިވާ އަދި އެންމެ ގިނަ ގޯލު ޖަހައިގެން ރަން ބޫޓު ހާސިކްކޮށްފައިވާ ކޭން ބުނެފައި ވަނީ، ބެލެންޑިއޯ އެވޯޑް ކާމިޔާބުކުރުމަށް އޭނާ ވެސް ކެތްމަދު ވެފައި ހުރި ކަމަށެވެ.

އޭނާ ބުނެފައި ވަނީ، މިފަހަރު ބެލެންޑިއޯ ކާމިޔާބުކުރާނެ ކަމަށް ބޮޑަށް ބެލެވެނީ ރޮނާލްޑޯ ކަމަށާއި، އޭނާ އެވޯޑް ހާސިލް ކުރާނެ ކަމަށް ބެލެވޭ ސަބަބުތަކެ ވެސް އެބަ ހުރި ކަމަށެވެ. އެގޮތުން ރޮނާލްޑޯ ވަނީ ސްޕެނިޝް ލަލީގާ ރެއާލް އަށް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެށް އަދާކޮށްދިނުމުގެ އިތުރުން ޗެމްޕިއަންސް ލީގު އެޓީމަށް ކާމިޔާބުކޮށްދިނުމަށް މުހިންމު ރޯލެއް އަދާކޮށްފައިކަން ކޭން ފާހަގަކުރިއެވެ.

އޭނާ ބުނެފައިވަނީ ބެލެންޑިއޯ އެވޯޑަކީ ހަމައެކަނި ކުޅުންތެރިޔާ މޮޅުވެގެން ލިބޭ އެވޯޑެއް ނޫން ކަމަށާއި، އެ ކުޅުނތެރިއަކު ކުޅޭ ކުލަބަކާ އެކު ކާމިޔާބީތައް ހޯދަން ޖެހޭ ކަމަށެވެ. އެގޮތުން އޭނާ ބުނެފައިވަނީ އެވޯޑު ލިބޭނީ އެމީހަކު ކުޅޭ ކުލަބަކާއެކުގައި ވެސް ގިނަ ކާމިޔާބީތައް ހޯދާ މީހަކަށް ކަމަށެވެ.

އެނާ ބުނެފައިވަނީ، މެސީއަށް މާ ގިނަ ޓްރޮފީތަކެށް ލިބިފައި ނެތަސް އޭނާ މޮޅު ކުޅުމެއް ދައްކާފައި ކަމަށާއި، އެހެންކަމުން އެވޯޑަށް މެސީ ވެސް ވާދަކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. ރެއާލްއާ އެކު ރޮނާލްޑޯ ހޯދާފައިވާ ފަދަ ކާމިޔާބީތަކެއް ކޭން އަށް ޓޮޓެންހަމްއާ އެކު ހޯދޭނެ ކަމަށާއި، އެހެންކަމުން މުސްތަގުބަލުގައި ބެލެންޑިއޯ ހޯދުމަށް ކުރެވެންހުރި ކަމެއް ކުރާނެ ކަމަށް ކޭން ވަނީ ބުނެފައެވެ.

ކޭން ބުނެފައި ވަނީ، އެ ފެންވަރުގެ ކުޅުންތެރިއަކަށް ވާއިރު، އިންޓަނޭޝަނަލް ނުވަތަ ގައުމީ ޓީމާ އެކު ކާމިޔާބީތަކެއް ވެސް ހޯދެން ޖެހޭ ކަމަށާއި، ކޭން އަށް އަދި އެފަދަ ކާމިޔާބީއެއް ލިބިފައި ނުވާކަން ގަބޫލު ކުރާ ކަމަށެވެ. އެގޮތުން އޭނާ ބުނެފައި ވަނީ، ކުލަބު ލެވެލްގައި އޭނާއަށް ކާމިޔާބު ސީޒަންތަކެއް ނިންމާލެވިއްޖެ ކަމަށާއި، ދެން އޮތް ފިޔަވަޅަކީ ގައުމީ ޓީމާއިއެކު ކާމިޔާބީތަކެއް ހޯދުން ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން އޭނާ ބުނެފައިވަނީ އޭނާއަށް އަދި ވީ އުމުރުން އެންމެ 23 އަހަރު ކަމަށާއި އެހެންކަމުން އޭނާގެ ކުރިއަރުގައި އަދި ގިނަ ކަންތައްތަކެއް ދަސްކޮށް އިތުރު ހަރުފަތްތަކެއް ގިރާކުރަން ވަގުތު އެބަ އޮތް ކަމަށެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް