ކ. މާލެ
|
9 ޖޫން 2017 | ހުކުރު 00:19
ރާއްޖޭ ގައުމީ ޓީމު ދުބާއީގައި ގެންދިޔަ ފަރިތަކުރުމުގެ ތެރެއިން
ރާއްޖޭ ގައުމީ ޓީމު ދުބާއީގައި ގެންދިޔަ ފަރިތަކުރުމުގެ ތެރެއިން
އެފްއޭއެމް
ގައުމީ ޓީމު
ބޫޓާން މެޗަށް ތައްޔާރުވުމުގެ ގޮތުން ބެންގްކޮކްގައި ގައުމީ ޓީމު ފަރިތަކުރުންތައް ފަށައިފި
ގައުމީ ޓީމު ވަނީ އަފްޣާނިސްތާ ދެކޮޅަށް ރަހްމަތްތެރިކަމުގެ މެޗެއް ކުޅެފައި
ބެންކޮކްގައި ތަމްރީން ހެދުމަށްފަހު ގައުމީ ޓީމު ދެން ފުރާނީ ބޫޓާނަށް

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާންއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން ތައިލޭންޑްގެ ބެންގްކޮކްގައި ފުރަތަމަ ފަރިތަކުރުންތައް ކުރިޔަށް ގެންގޮސްފި އެވެ.

އަންނަ އަންގާރަ ދުވަހު ބޫޓާނާ ދެކޮޅަށް ރާއްޖެ ނިކުންނައިރު، ރާއްޖެއިން ވަނީ މެޗަށް ތައްޔާރުވުމުގެ ގޮތުން ދުބާއީގައި އަފްއާނިސްތާނާ ދެކޮޅަށް ރަހްމަތްތެރިކަމުގެ މެޗެއްވެސް ކުޅެފައެވެ. އެ މެޗުގައި ގައުމީ ސްކޮޑުން ގިނަ ބަދަލުތަކެއް ފެނުނުއިރު، ރާއްޖެ ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ.

މި މެޗު ކުޅުމަށްފަހު ގައުމީ ޓީމު ބެންގްކޮކަށް ގޮސްފައިވަނީ ބުދަ ދުވަހު އެވެ. އެގޮތުން ބެންގްކޮކްގައި ތަމްރީންތައް ހެދުމަށްފަހު ގައުމީ ޓީމު އެނބުރި ރާއްޖެ ނައިސް ދެން ސީދާ ފުރާނީ ބޫޓާނަށެވެ.

އަފްއާނިސްތާން މެޗާ ބެހޭގޮތުން ގައުމީ ކޯޗު ޑަރެން ސްޓެވާޓް ބުނީ އެ މެޗުން ގިނަ ކަންތައްތަކެއް ދަސްވެފައިވާނެ ކަމަށާއި، ބޫޓާންއާ ދެކޮޅަށް ކުޅޭ މެޗަށް އަފްއާން މެޗުގެ ސަބަބުން ފައިދާތަކެއް ކުރާނެ ކަމަށެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ވަނީ އަމިއްލަ ދަނޑުގައި ފަލަސްތީނާ ދެކޮޅަށް ކުޅެފައެވެ. އެ މެޗުން ރާއްޖެ ބަލިވީ 0-2 ގެ ނަތީޖާއަކުންނެވެ. އެހެންނަމަވެސް ރާއްޖެ އެ މެޗަށް ނިކުތީ މަދު ފަރިތަކުރުންތަކަކާއެކު މާބޮޑު ތައްޔާރީތަކެއް ނުވެއެވެ.

އެހެންނަމަވެސް ބޫޓާން މެޗަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމު އަންނަނީ ދުރާލާ ތައްޔާރުވަމުންނެވެ. އެގޮތުން ތަމްރީން ކޭމްޕަކަށް ގައުމީ ޓީމު ބޭރަށް ގޮސްފައި މިވަނީ ވަރަށް ގިނަ ދުވަހަށްފަހު އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް