ކ. މާލެ
|
22 އޭޕްރިލް 2022 | ހުކުރު 12:28
ބޮރިސް އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި ރާސްތްރަޕަތީ ބަވަންގައި ބައްދަލުކުރައްވަނީ
ބޮރިސް އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި ރާސްތްރަޕަތީ ބަވަންގައި ބައްދަލުކުރައްވަނީ
ރޮއިޓާސް
ބޮރިސް އިންޑިއާއަށް ކުރައްވާ ދަތުރުފުޅު
މޯދީ، ބޮރިސް ޖޯންސަން އާއި ރާސްތްރަޕަތީ ބަވަންގައި ބައްދަލުކުރައްވައިފި
ދެގައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ކުރިއަށްދާނެ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންއާއި، އިންޑިއާގެ ރައީސްގެ ރަސްމީ ގެކޮޅު ރާސްތްރަޕަތީ ބަވަންގައި ބައްދަލުކުރައްވައިފިއެވެ.

ބޮރިސް ރާސްތްރަޕަތީ ބަވަނަށް ވަޑައިގަތުމުން ގާޑް އޮފް އޮނަރއެއް ވަނީ އަރުވާފައެވެ. ބޮރިސް އިންޑިއާގެ ގުޖްރާތަށް ބުރާސްފަތި ދުވަހު ވަޑައިގެންފައިވަނީ އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައެވެ. މި ދަތުރުފުޅުގައި ދެގައުމުގެ ދެމުދުގައި ރަސްމީ މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައިވާ އިރު، ދެގައުމުގެ ސްޓްރެޓިޖިކް ޑިފެންސް، ޑިޕްލޮމެޓިކް އަދި އިގްތިސާދީ ގުޅުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާނެއެވެ. އަދި އިންޑޯ-ޕެސިފިކް ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާނެއެވެ.

މޯދީއާއި ރާސްތްރަޕަތީ ބަވަންގައި ބައްދަލުކުރައްވާ ބޮރިސް ވިދާޅުވި މިއީ ދެގައުމުގެ ރަހުމަތްތެރިކަމާއި، އެންމެ ބޮޑު އަދި ދުވަސްވީ ޑިމޮކްރަސީގެ އައު ސަފުހާއެއް ކަމަށެވެ. ދެގައުމުގެ ދެމެދުގައި އޮތް ގުޅުން މީގެ ކުރިން މިހާ ބޮޑަށް ބަދަހިވެ ވަރުގަދަވެގެން ނުދާވަރަށް މި ދަތުރުފުޅުގައި ބަދަހިވެގެން ގޮސްފައިވާ ކަމަށެވެ.

ބޮރިސް ވިދާޅުވީ ގުޖުރާތުގެ ރައްޔިތުންގެ ފަރާތުން ލިބިގެންދިޔައީ ހޫނު މަރުހަބާއެއް ކަމަށާއި، ވަރަށް ތަފާތު ކަމަށެވެ. އަދި މީގެ ކުރިން އެފަދަ މަރުހަބާއެއް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި ދުނިޔޭގެ އެހެން ހިސާބަކުން އެފަދަ މަރުހަބާއެއް ލިބިވަޑައިނުގަންނަވާނެ ކަމަށެވެ.

ބޮރިސްގެ ދަތުރުފުޅުގެ ތެރެއިން އެކްސްޓާނަލް އެފެއަރޒް މިނިސްޓަރު އެސް ޖަޔަޝަންކަރާއި ބައްދަލުކުރައްވާ މަޝްވަރާ ކުރެއްވުމުގެ އިތުރުން ދެގައުމުން ގުޅިގެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް