ކ. މާލެ
|
8 ޖޫން 2017 | ބުރާސްފަތި 02:11
ރަމަޟާން ކްރިކެޓް ކާނިވަލްގައި ބުދަ ދުވަހު ކުޅުނު މެޗުތަކުގެ ތެރެއިން
ރަމަޟާން ކްރިކެޓް ކާނިވަލްގައި ބުދަ ދުވަހު ކުޅުނު މެޗުތަކުގެ ތެރެއިން
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ރަމަޟާން ކްރިކެޓް ކާނިވަލް
ވަންއޯވަން އާއި ކޭޑީއެމް މޮޅުވެއްޖެ
ކޭޑިއެމްއިން މެޗް ކާމިޔާބުކުރީ 7 ވިކެޓުން
ވަންއޯވަންއިން ކާމިޔާބުކުރީ 8 އޯވަރުގެ ތެރޭގައި 145 ލަނޑު ހަދައިގެން

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ 15 ވަނަ ރަމަޟާން ކްރިކެޓް ކާނިވަލްގައި ބުދަ ދުވަހު ކުޅުނު މެޗުތައް ކޭޑީއެމް އާއި ވަންއޯވަންއިން ކާމިޔާބުކޮށްފިއެވެ.

މި ކާނިވަލްގައި ބުދަ ދުވަހު ކުޅެފައިވަނީ އޯޕަން ޓޭޕްބޯލްގެ ދެމެޗެވެ. ފުރަތަމަ މެޗުގައި މެރިކާނޯ އާއި ވާދަކޮށް ކޭޑިއެމްއިން މެޗް ކާމިޔާބުކުރީ 7 ވިކެޓުންނެވެ. ޓޮސް ދިމާވެގެން ކުޅެން އެރީ މެރިކާނޯއިންނެވެ. 8 އޯވަރުގެ ތެރޭގައި އެޓީމަށް ހެދުނީ 88 ލަނޑެވެ. އެޓީމުން ވަނީ 3 ވިކެޓް ނަގަފައެވެ. އެޓީމުމުން އެންމެ ރަނގަޅަށް ކުޅުނީ 24 ލަނޑު ހެދި ހަސަން ހަނީފް އެވެ. ޖަވާބުގައި ކޭޑީއެމްއިން ކުޅެން އަރާ އެންމެ ކުޅުންތެރިއެއް ނުބައިވެގެން އެޓީމުން ވަނީ 89 ލަނޑު ހަދާފައެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 32 ލަނޑު ހަދައިދިން ހަސަން ރިޔާޒް އެވެ.

ދެވަނަ މެޗުގައި ވަންއޯވަން އާއި ލެޝާރ ކާގޯ ބައްދަލުކުރި މެޗް ވަންއޯވަންއިން ކާމިޔާބުކުރީ 8 އޯވަރުގެ ތެރޭގައި 145 ލަނޑު ހަދައިގެންނެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 18 ބޯޅައިން 37 ލަނޑު ހަދާފައިވާ އަހުމަދު ޝާހިދެވެ. މީގެ އިތުރުން އަހުމަދު އަމީލް މައުރޫފް 14 ބޯޅައިން 32 ލަނޑު ހަދާފައި ވާއިރު، އަހުމަދު ނިޝާމް ވަނީ 9 ބޯޅައިން 22 ލަނޑު ހަދާފައެވެ. އެޓީމުގެ ނިޝާމް ވަނީ 2 ވިކެޓް ނަގާފައެވެ. ލެޝަރ ކާގޯގެ ޓީމުން ކުޅެން އަރާ 8 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން އެޓީމަށް ހެދުނީ 51 ލަނޑެވެ.

މިނ ކާނިވަލްގައި ބުރާސްފަތި ދިވަހު ކުޅުމަށް ހަމަޖެހިފައިވަނީ އޮފީސް ބައިގެ ދެމެޗެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކުލަބު އިމިގްރޭޝަން އާއި ކަސްޓަމްސް ރެކްރިއޭޝަން ކުލަބެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ މީރާ އަދި އައިލެންޑް އޭވިއޭޝަންގެ ޓީމެވެ.

ކުޅިވަރު އެކުވެނީގެ ކުރިކެޓް ދަނޑުގައި ކުރިއަށްދާ މި ކާނިވަލްގެ މެޗުތަށް ފަށާނީ 16:05 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް