ކ. މާލެ
|
12 އޭޕްރިލް 2022 | އަންގާރަ 23:53
އިިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން
އިިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން
ގެޓީ އިމޭޖަސް
އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން
ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ ހިލާފުވެވުމުން އިނގިރޭސި ބޮޑުވަޒީރު މައާފަށް އެދިވަޑައިގެންފި
އެއީ 2020 ވަަނަ އަހަރުގެ ޖޫން މަހުގެ 29 ވަނަ ދުވަހު އޮތް އުފަންދުވަހުގެ ޕާޓީއެއް
ބޮޑުވަޒީރުގެ ދެކަނބަލުން ޖޫރިމަނާ ކުރެވިފައި ވަނީ ދެ މީހުންނަށްވުރެ ގިނަ މީހުން އެއްވި އެއްވުމެއްގައި ބައިވެރިވެވަޑައިގަތުމުން
ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެން ބޮޑުވަޒީރު ޖޯންސަން ވިދާޅުވެފައި ވަނީ އެމަނިކުފާނަށް އަޅާފައިވަ ފިޔަވަޅުތަކާ ހިލާފުވެވުނީ އެކަމަށް މާބޮޑަށް ނުވިސްނަވާ ހުންނަވާ ކަމަށް

ކޮވިޑު19އިން ރައްކާތެރިވުމަށް އިނގިރޭސިވިލާތުގައި އަޅާފައިއޮތް ފިޔަވަޅުތަކާ ހިލާފުވެމުމުން އެކަމަށް އެގައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން މައާފަށް އެދިވަޑައިގެންފިއެވެ.

ބޮޑުވަޒީރު ބޮރިސް ޖޯންސަން އާއި ޕާޓްނަރ ކެރީ ޖޯންސަން ވަނީ ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ހިލާފުވުމާ ގުޅިގެން ޖޫރިމަނާ ކުރެވިފައެވެ. އެއާކު އެދެކަނބަލުން މިހާރު ވަނީ އެކަމަށް މައާފަށް އެދިވަޑައިގެން ޖޫރިމަނާ ފައިސާ ދައްކަވާފައެވެ.

ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެން ބޮޑުވަޒީރު ޖޯންސަން ވިދާޅުވެފައި ވަނީ އެމަނިކުފާނަށް އަޅާފައިވަ ފިޔަވަޅުތަކާ ހިލާފުވެވުނީ އެކަމަށް މާބޮޑަށް ނުވިސްނަވާ ހުންނަވާ ކަމަށެވެ. އެހެންކަމުން އެކަމަށް ނިހާޔަތަށް މައާފަށް އެދިވަޑައިގަންނަވާކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

ބޮޑުވަޒީރު ބޮރިސް ޖޯންސަން އާއި އަބިކަނބަލުން ޖޫރިމަނާ ކުރައްވާފައި ވަނީ ދެ މީހުންނަށްވުރެ ގިނަ މީހުން އެއްވި އެއްވުމެއްގައި ބައިވެރިވެވަޑައިގަތުމުންނެވެ. އެއީ 2020 ވަަނަ އަހަރުގެ ޖޫން މަހުގެ 29 ވަނަ ދުވަހު އޮތް އުފަންދުވަހުގެ ޕާޓީއެއް ކަމަށް ބޭރުގެ މީޑިއާ ތަކުން ރިޕޯޓުކޮށްފައިވެއެވެ.

ބޮޑުވަޒީރު ކޮވިޑް ގަވާއިދު ތަކަށް ފަރުވާކުޑަކުރެއްވިކަމަށް ބުނެ އިދިކޮޅުފަރާތްތަކުން ބޮރިސް ޖޯންސަންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ވެސް މަސައްކަތް ކުރެއްވިއެވެ. ނަމަވެސް މައްސަލަ ޚާއްސަ ކޮމިޓީ އަކުން ބަލާތީ އެމަސައްކަތް ނިމުމުން ވޯޓުގެ ކަންތައް ކުރިޔަށް ގެންދިއުމަށް އޭރު ނިންމި އެވެ. ނަމަވެސް އަޅާފައިވާ ފިޔަވަޅުތައް ދާދީ އަވަހަށް ވީއްލާފައިވާތީ މައްސަލައިގެ ސީރިއަސްކަން ވަނީ ކެނޑިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް