ކ. މާލެ
|
9 މާރޗް 2022 | ބުދަ 09:53
ތެޔޮ ފެކްޓްރީއެއް، ރަޝީއާއިން ޔޫކްރެއިނަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން ތެލުގެ އަގަށް އަންނަމުންދާ ބަދަލާއެކު ހަކަތައިގެ މާކެޓަށް ދަނީ ބޮޑެތި އަސަރުތަކެއް ކުރަމުން
ތެޔޮ ފެކްޓްރީއެއް، ރަޝީއާއިން ޔޫކްރެއިނަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން ތެލުގެ އަގަށް އަންނަމުންދާ ބަދަލާއެކު ހަކަތައިގެ މާކެޓަށް ދަނީ ބޮޑެތި އަސަރުތަކެއް ކުރަމުން
އެރަބް ނިއުސް
ރަޝިއާ ޔޫކްރެއިން ހަނގުރާމަ - ތެލުގެ އަގު އުފުލުން
ގޭބީސީތަކުގެ ބިލްތައް ބޮޑުވިޔަސް ހެޔޮކަމަށް އެމެރިކާއިން ރަޝިއާގެ ތެޔޮ އިމްޕޯޓުކުރުން މަނާކޮށްފި
އެމެރިކާއިން ރަޝިއާގެ ތެޔޮ އިމްޕޯޓްކުރުން މަނާ ކުރުމާއެކު ތެލުގެ އަގު އިތުރު ހަތަރު އިންސައްތަ އަށް އުފުލިގެންދިޔަ
ފިޔަވަޅުތައް މިގޮތަށް އަޅާނަމަ ތެލުގެ އަގު އަތް ނުފޯރާފަށަށް އަރައިގެން ދާނެ ކަމުގެ އިންޒާރު ރަޝިއާއިން ވަނީ ދީފައި
ޔޫރަޕްގެ ގައުމުތަކުން ރަޝިއާގެ ތެޔޮ އިމްޕޯޓްކުރުން މަނާކޮށްފިނަމަ ގޭސް ފޯރުކޮށްދިނުން ހުއްޓާލާނެކަމަށް ރަޝިއާއިން ބުނޭ

ރަޝިއާގެ ތެޔޮ އެމެރިކާއަށް އިމްޕޯޓުކުރުން މަނާކޮށް އެމްބާގޯ އިއުލާނުކޮށްފިއެވެ.

ރަޝިއާ އާއި ޔޫކްރެއިނާ ދެމެދު ހިނގަމުނދާ ހަނގުރަމައަމަ އާއި ގުޅިގެން ރަޝިއާ އާއި ދެކޮޅަށް އެމެރިކާއިން އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ލިސްޓަށް އިތުރު ފިޔަވަޅެއް އިތުރުކޮށްފައިވާއިރު، މި ފިޔަވަޅުގެ ސަބަބުން ގެއްލުންވަނީ ހަމައެކަނި ރަޝިއާކަށް ނޫނެވެ.

އެމެރިކާއިން ރަޝިއާގެ ތެޔޮ އެގައުމަށް އިމްޕޯޓްކުރުން މަނާކޮށްފައި މިވަނީ ތެލުގެ އަގު އިންތިހާއަށް އުފުލިގެންދާ ވަގުތެއްގައެވެ. އެގައުމުން ދަނީ ޔޫރަޕުގެ ގައުމުތަކުންވެސް ރަޝިއާގެ ތެޔޮ އިމްޕޯޓްކުރުން މަނާކުރުމަށް އެގައުމުތަކާއެކު މަޝްވަރާކުރަމުންނެވެ.

އެމެރިކާއިން ރަޝިއާގެ ތެޔޮ އިމްޕޯޓްކުރުން މަނާ ކުރުމާއެކު މިހާރުވެސް އުފުލިފައިވާ ތެލުގެ އަގު އިތުރު ހަތަރު އިންސައްތަ ވަނީ އުފުލިގެން ގޮސްފައެވެ. ފެބްރުއަރީ 24 ގައި ރަޝިއާ އިން ޔޫކްރެއިނަށް ހަމަލާދޭން ފެށުމާއެކު މިހާތަނަށް ތެލުގެ އަގު ވަނީ 30 އިންސައްތައަށް މައްޗަށް ޖެހިލާފައެވެ. މިއީ 2008 ވަނަ އަހަރަށްފަހު ތެލުގެ އަގު މިހާ ބޮޑުވެގެންދާ ފުރަތަމަ ފަހަރެވެ.

މިނިންމުމާއެކު އެމެރިކާގެ އާންމު ރައްޔިތުން ދިރިއުޅޭ ގެތަކުގެ ކަރަންޓު ބިލްތައް ބޮޑުވެ، ޕެޓްރޯލްގެ އަގު އުފުލި ބޮޑު އަސަރެއް އާންމު ރައްޔިތުންގެ ޖީބަށް ކުރި ނަމަވެސް އެގައުމުގެ ރައީސް ޖޯ ބައިޑަން ވަނީ މިއީ އެމެރިކާއިން ޕުޓިން އާ ދެކޮޅަށް އަނެއްކާވެސް އަޅާ ވަރުގަދަ ފިޔަވަޅެއް ކަމަށެވެ.

މިފިޔަވަޅުތައް މިގޮތަށް އަޅާނަމަ ތެލުގެ އަގު އަތް ނުފޯރާފަށަށް އަރައިގެން ދާނެ ކަމުގެ އިންޒާރު ރަޝިއާއިން ވަނީ ދީފައެވެ. އަދި ޔޫރަޕްގެ ގައުމުތަކުން އެގައުމުގެ ތެޔޮ އިމްޕޯޓްކުރުން މަނާކޮށްފި ނަމަ އެގައުމުން ފޯރުކޮށްދެމުންދާ ގޭސް ފޯރުކޮށްދިނުން ހުއްޓާލުމުގެ ފުރުސަތު ރަޝިއާއަށް އެބައޮތެވެ. މި އިންޒާރު ރަޝިއާއިން ދީފައިވާއިރު ޖަރުމަނުވިލާތުން ވަނީ އެގައުމުން ރަޝީއާގެ ތެޔޮ އިމްޕޯޓްކުރުން މަނާނުކުރާނެ ކަމަށް ބުނެފައެވެ.

މީގެ އިތުރުން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންވެސް ވަނީ މިއީ އަޅަން ފަސޭހަ ފިޔަވަޅެއް ނޫން ކަމަށާއި އެކި ގައުމުތަކުން ރަޝިއާގެ ތެލަށް ބަރޯސާވާންޖެހޭ މިންވަރު ތަފާތުކަމަށް ވިދާޅުވެފައެވެ. އަދި މަޑުމަޑުން ރަޝިއާގެ ތެޔޮ އިމްޕޯޓްކުރުން ހުއްޓާލާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ރަޝީއާއިން ޔޫކްރެއިނަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން ތެލުގެ އަގަށް އަންނަމުންދާ ބަދަލާއެކު ހަކަތައިގެ މާކެޓަށް ދަނީ ބޮޑެތި އަސަރުތަކެއް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް