ކ. މާލެ
|
3 ޖޫން 2017 | ހޮނިހިރު 21:56
އާޖެންޓީނާގެ އާ ކޯޗް ސަމްޕައޮލީ
އާޖެންޓީނާގެ އާ ކޯޗް ސަމްޕައޮލީ
ޓްވިޓަރ
ޓްރާންސްފާ ބާޒާރު
އާޖެންޓީނާގެ ކޯޗުކަމާއި ސަމްޕައޮލީ ހަވާލުވެއްޖެ
ސަމްޕައޮލީ އާއި އެކު އާޖެންޓީނާގެ އެފްއޭއިން ހަދާފައިވަނީ 5 އަހަރު ދުވަހުގެ އެއްބަސްވުމެއް
މި ކޮންޓްރެކްޓްގެ ދަށުން 2022 ވަނަ އަހަރުގެ ވޯލްޑް ކަޕާއި ހިސާބަަށް އޭނާ ކޯޗުކަމުގެ މަގާމުގައި ހުންނާނެ

އާޖެންޓީނާގެ ގައުމީ ޓީމުގެ ކޯޗުކަމާއި ޖޯޖް ސަމްޕައޮލީ ރަސްމީގޮތުން ހަވާލުވެއްޖެއެވެ.

 

ކޯޗް ސަމްޕައޮލީ ޓީމާއި ހަވާލުވެފައިވަނީ 5 އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެގޮތުން 2022 ވަނަ އަހަރުގެ ވޯލްޑް ކަޕާއި ހިސާބަށް އޭނާ ޓީމުގައި ހުންނާނެއެވެ.

 

ކޮންޓްރެކްޓްގައި ސޮއެކުރުމަށްފަހު، އާޖެންޓީނާގެ ފޫޓޮބޯލް އެސޯސިއޭޝަންގެ ހޭޑްކުއާޓާގައި ހުރެ ވާހަކަ ދައްކަމުން ކޯޗް ސަމްޕައޮލީ ބުނީ، މިއީ އޭނާ އަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަމަށާއި، އާޖެންޓާގެ ގައުމީ ޓީމަށް ކޯޗްކަން ކޮށްދިނުމަކީ އޭނާ އަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަމަށެވެ. އޭނާ ބުނީ އާޖެންޓީނާގެ ފުޓުބޯޅަ އެފްއޭގެ ރައީސް ކްލައުޑިއޯ ޓަޕީއަށް ޝުކުރު އަދާކުރާ ކަމަށާއި، ކޮންޓްރެކްޓްގެ ދަށުން ފަސް އަހަރު އޭނާ ޓީމަށް ކާޗުކަން ކޮށްދޭއިރު އެ މުއްދަތުގައި އާޖެންޓީނާގެ ރައްޔިތުން އުފާ ކޮއްދެވޭވަރުގެ މަސައްކަތެއް ކުރެވޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

 

ސެވިއްޔާއަށް ކުރިން އިރުޝާދުދިން ކޯޗު ސަމްޕައޮލީ އާޖެންޓީނާގެ ގައުމީ ޓީމާއި ހަވާލުވެފައި ވާއިރު، އެޓީމު ވަނީ އެންމެ ފަހުން އެޓީމު ވާދަކުރި ބޮޑު ތިން މުބާރާތުގެވެސް ފައިނަލަށް ދަތުރުކޮށްފައެވެ. ނަމަވެސް ކޮންމެ ފައިނަލަކުންވެސް އެޓީމަށް ވަނީ ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހިފައެވެ. އެޓީމަށް އެންމެ ފަހުން ކޯޗުކަން ކޮށްދިން އެޑްގާޑޯ ބައުޒާ މަގާމުން ދުރުކޮށްފައިވަނީ ފާއިތުވި އޭޕްރީލް މަހުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް