ކ. މާލެ
|
13 ފެބްރުއަރީ 2022 | އާދީއްތަ 08:28
އިންޑިޔާގެ ގުޖުރާތު
އިންޑިޔާގެ ގުޖުރާތު
އަލްޖަޒީރާ
ގުޖުރާތުގައި ހިންދޫން ކުރިޔަށްގެންދާ މުޒާހިރާތައް
ކަޝްމީރަށް ތާއީދުކޮށް ކުރި ޓްވީޓަކާއި ގުޅިގެން ގުޖުރާތުގައި ހިންގަމުން އަންނަ ބައިނަލްއަގްވާމީ ބްރޭންޑްތަކެއް ބަންދުކުރަން ޖެހިއްޖެ
ޕިއްޒާ ހަޓާއި، ކޭއެފްސީ އަދި ކާރު އުފައްދާ ކުންފުނިތަކުގެ ފިހާރަތަކާއި ސްޓޯރތައް ބަންދުކުރަން ވަނީ މަޖުބޫރުވެފައި
މަޝްރަހު ހޫނުވީ ކަޝްމީރަށް ތާއީދުކޮށް ޕާކިސްތާނުގައި ހިންގަމުން އަންނަ ބައިނަލްއަޤްވާމީ ބްރޭންޑަކުން ކުރި ޓްވީޓަކާއި ގުޅިގެން

ކަޝްމީރަށް ތާއީދުކޮށް ޕާކިސްތާނުގައި ހިންގަމުން އަންނަ ބައިނަލްއަޤްވާމީ ބްރޭންޑަކުން ކުރި ޓްވީޓަކާއި ގުޅިގެން ގުޖުރާތުގައި ހުރި ބައިނަލްއަޤްވާމީ ބްރޭންޑްތަކުގެ ފިހާރަތައް ބަންދުކުރަން މަޖުބޫރުވެއްޖެއެވެ.

ޕާކިސްތާނުގަ އާއި އިންޑިޔާގައި ހިންގަމުން އަންނަ ބައިނަލްއަޤްވާމީ ބްރޭންޑްތަކަށް ގުޖުރާތުގައި ޕްރެޝަރ ކުރިމަތިވީ ކަޝްމީރާއެކު ޕާކިސްތާނު ވާކަން ފާހަގަކުރާ ދުވަސްކަމުގައިވާ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ޕާކިސްތާނުގައި ހިންގަމުން އަންނަ ބްރޭންޑެއްގެ ޓްވިޓަރ ހޭންޑްލްއަކުން ކަޝްމީރަށް ތާއީދުކޮށް ކުރި ޓްވީޓަކާއި ގުޅިގެންނެވެ. އެޓްވީޓާއި ގުޅިގެން ގުޖުރާތުގައި އުޅޭ ހިންދޫ ދީނުގެ ހައްދުފަހަނަ އަޅާފައިވާ ގްރޫޕްތަކުން ވަނީ މަގުމަތަކަށް ނިކުމެ އެތަންތަން ބަންދުކުރުމަށް ގޮވާލާފައެވެ.

އެގޮތުން ޕިއްޒާ ހަޓާއި، ކޭއެފްސީ އަދި ކާރު އުފައްދާ ކުންފުނިތަކުގެ ފިހާރަތަކާއި ސްޓޯރތައް ބަންދުކުރުމަށް މިހާރު ވަނީ މަޖުބޫރުވެފައެވެ.

މުޒާހިރާގައި ބައިވެރިވި ބީޖޭޕީގެ އިސް ފަރާތަކުން ބުނެފައިވަނީ ކަޝްމީރުގެ މައްސަލައިގައި ޕާކިސްތާނުގެ ނިންމުމަށް ތާއީދުކުރާ ކުންފުނިތަކަށް އިންޑިޔާގައި ވިޔަފާރި ނުހިންގޭނެކަމަށެވެ. އެމީހުން ގޮވަމުންދިޔައީ ކަޝްމީރަކީ އިންޑިޔާ ތަނެއްކަމަށެވެ.

މުޒާހިރާކޮށް މަޝްރަހު ހޫނުވާން ފެށުމުން ކުންފުނިތަކުން ވަނީ މައާފަށް އެދިފައެވެ. އަދި ކުންފުނިތަކުން އޮތަރައިޒްކޮށްފައި ނުވާ ޓްވިޓަރ ހޭންޑްލް އަކުން ކޮށްފައިވާ ޓްވީޓެއްގެ ސަބަބުން އިންޑިޔާގެ ރައްޔިތުން ނުރުހޭކަމެއް ދިމާވުމުން އެކަމާއި ހިތާމަކުރާކަމަށް ވަނީ ބުނެފައެވެ.

ޓްވީޓްކޮށްފައިވަނީ ދެކުނު ކޮރެއާގެ ކާރު އުފައްދާ މަޝްހޫރު ކުންފުންޏެއްކަމުގައިވާ ހިޔުންޑާއީގެ ޕާކިސްތާނުގެ ޓްވިޓަރ ހޭންޑްލް އަކުންނެވެ. ޓްވީޓްގައި ވަނީ ކަޝްމީރަށް މިނިވަންކަން ލިބުމަށް އެދި ދުއާކުރާކަމަށާއި ކަޝްމީރުގެ މިނިވަންކަމަށް ޖިހާދުކުރި މީހުންގެ މަތިން ހަނދާން އައު ކޮށް އެމީހުންނާއެކު ތިބިކަމަށެވެ.

- ކޮމެންޓް