ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ޕާޓީތައް ގުޅިގެން ނުކުންނަން އުޅޭކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އިމްރާން ޚާން ސަރުކާރާ ދެކޮޅަށް ނުކުންނަން އުޅެނީ ޕާކިސްތާން މުސްލިމް ލީގު ޕާޓީއާއި ޕާކިސްތާން ޕީޕަލްސް ޕާޓީއެވެ. މީގެ ތެރެއިން ޕާކިސްތާން މުސްލިމް ލީގު ޕާޓީއަކީ ނަވާޒް ޝަރީފް ހިމެނިވަޑައިގަންނަވާ ޕާޓީއެވެ.
މީގެ ކުރިން ވެސް ޕާކިސްތާނުގެ އިދިކޮޅު ޕާޓީތަކުން އިމްރާން ޚާންގެ ސަރުކާރާ ދެކޮޅަށް ތެދުވަންއުޅޭކަމުގެ އަޑުތަކެއް ފެތުރުނެވެ. އިދިކޮޅު ޕާޓީތަކުން އިމްރާން ޚާންގެ ސަރުކާރާ ދެކޮޅަށް ތެދުވާން މިފަހަރު ނިންމީ ޕާކިސްތާނުގެ ސަރުކާރުން ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގަމުންދާ ކަމަށް ބުނެއެވެ. އަދި އެގައުމުގެ އިގުތިސާދު މީން ދުވަހަކު ނުވެއްޓޭ މިންވަރަށް މިހާރު ވެއްޓިފައިވާކަމަށް އިދިކޮޅު ޕާޓީތަކުން ބުނެއެވެ.
ރިޕޯޓުތައް ބުނާ ގޮތުން ޕާކިސްތާނު ސަރުކާރާ ދެކޮޅަށް ވަރަށް އަވަހަށް އިދިކޮޅު ޕާޓީތަކުން އިހުތިޖާޖު ކުރުމަށް ވަނީ ނިންމާފައެވެ. އަދި މި އިހުތިޖާޖުގައި އިމްރާން ޚާން އިސްތިއުފާ ދެއްވުމަށް ގޮވާލާނެކަމަށް ރިޕޯޓްތައް ބުުނެއެވެ