ކ. މާލެ
|
7 ފެބްރުއަރީ 2022 | ހޯމަ 07:34
ސްޕަޓްނިކް-ވީ ވެކްސިން
ސްޕަޓްނިކް-ވީ ވެކްސިން
ރޮއިޓަރސް
ސްޕަޓްނިކް-ވީ ވެކްސިނަށް އިންޑިޔާއިން ހުއްދަ ދިނުނ
އެއް ޑޯޒްގެ ސްޕަޓްނިކް-ވީ ވެކްސިނަށް އިންޑިޔާއިން ހުއްދަދީފި
މިދިޔަ އަހަރު އިންޑިޔާއިން ވަނީ ސްޕަޓްނިކް-ވީ ވެކްސިންގެ ދެ ޑޯޒް ޖަހަންޖެހޭ ވެކްސިނަށް ހުއްދަދީފައި
އެއް ޑޯޒްގެ މިވެކްސިން ބޫސްޓަރ ޑޯޒެއްގެ ގޮތުގައި ބޭނުންކުރެވޭނެ

ރަޝިޔާއިން އުފައްދާފައިވާ ސްޕަޓްނިކް ވީ ވެކްސިންގެ އެއް ޑޯޒް ޖަހާ ވެކްސިނަށް އިންޑިޔާއިން ހުއްދަދީފިއެވެ.

ސްޕަޓްނިކް ވީ ވެކްސިންގެ އެއް ޑޯޒް ޖަހަން ޖެހޭ ވެކްސިނަށް އިންޑިޔާއިން ހުއްދަދީފައިވާއިރު މިދިޔަ އަހަރު އިންޑިޔާއިން ވަނީ ސްޕަޓްނިކް ވީ ވެކްސިންގެ ދެ ޑޯޒް ޖަހަންޖެހޭ ވެކްސިނަށްވެސް ހުއްދަދީފައެވެ.

ރަޝިޔާގެ ޑައިރެކްޓް އިންވެސްޓްމަންޓް ފަންޑުން ބުނާގޮތުގައި އެއް ޑޯޒްގެ މިވެކްސިން ބޫސްޓަރ ޑޯޒެއްގެ ގޮތުގައި ބޭނުންކުރެވޭނެއެވެ. ކޮންމެ ވެކްސިނެއް ކުރިން ޖަހާފައި ހުރި ނަމަވެސް މިވެކްސިން ބޫސްޓަރ ޑޯޒްގެ ގޮތުގައި ބޭނުންކުރެވޭނެކަމަށް ރަޝިޔާއިން ބުނެއެވެ.

އަދި މިވެކްސިންގެ ބޭނުމަކީ ކުރިން ޖަހާފައިވާ ވެކްސިންގެ އަސަރުގެ މުއްދަތު އިތުރުކޮށް އޮމިކްރޯން އާއި ދެކޮޅަށް މަސައްކަތްކުރުމެވެ.

ރަޝިޔާއިން ވަނީ މިވެކްސިންގެ 1 ބިލިއަން ޑޯޒް އުފެއްދުމަށް އިންޑިޔާގެ 7 ފާމަސޫޓިކަލް ކުންފުންޏަކާއި ހަވާލުކޮށްފައެވެ. އޭގެތެރެއިން ބައެއް ޑޯޒް އިންޑިޔާގައި ބޭނުންކުރާއިރު ބާކީ ހުރި ޑޯޒްތައް އެހެން ޤައުމުތަކަށް ފޯރުކޮށްދޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް